ޢަލީ ޚަލީލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ ޢަލީ ޚަލީލް (ގ.އުތުރުގެ) އަކީ އިންޓަނޭޝަނަލް ރިލޭޝަންގެ ރޮނގުން ޕީއެޗްޑީ ޙާޞިލްކޮށްފައިވާ ފަރާތެކެވެ. ޑރ ޢަލީ ޚަލީލް ޕީއެޗްޑީ ހެއްދެވީ ނިޔުޒިލޭންޑްގެ ޔުނިވަސިޓީ އޮފް ކެންޓަބަރީ ގައެވެ. މާސްޓަރސް ޕޮލިޓިކަލް ސައިންސްގެ ރޮނގުން ހައްދަވާފައިވަނީ އޮސްޓްރޭލިޔާގެ ނޯރތު ކްއީންސްލޭންޑް ގައި ހުންނަ ޖޭމްސް ކޫކް ޔުނިވަސިޓީގައެވެ. ދުނިޔޭގެ އިޖުތިމާޢީ ތަރައްގީގެ ބައްދަލުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅި ރިޕޯޓް 1995 ވަނަ އަހަރު ތައްޔާރުކުރެއްވީ ޑރ ޢަލީ ޚަލީލް އެވެ. 1984 ން ފެށިގެން ޑރ ޢަލީ ޚަލީލް އަކީ އިންޓަނޭޝަނަލް ރިލޭޝަންގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރައްވާފައި ވެއެވެ.