Jump to content

ޢަލީ ރަޝީދު ޙުސައިން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން
ޢަލީ ރަޝީދު ޙުސައިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މަޤާމާ ހަވާލުވެވަޑައިގަތީ
8 ސެޕްޓެންބަރު 2020
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙު
މުޙައްމަދު މުޢިއްޒު
ފަހުން ވަޑައިގަތީ
ކްރިމިނަލް ކޯޓުގެ ޤާޟީ
މަޤާމުގައި
1 މާރިޗު 2019  8 ސެޕްޓެންބަރު 2020
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙް
ފަހުން ވަޑައިގަތީ
ޑްރަގް ކޯޓުގެ ޤާޟީ
މަޤާމުގައި
21 ފެބުރުވަރީ 2015  1 މާރިޗު 2019
ރައީސްޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
އިބްރާހީމް މުޙައްމަދު ޞާލިޙް
ފަހުން ވަޑައިގަތީ
ސިވިލް ކޯޓުގެ އިސް ޤާޟީ
މަޤާމުގައި
27 އޮކްޓޫބަރު 2013  21 ފެބުރުވަރީ 2015
ރައީސްޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
ސިވިލް ކޯޓުގެ ޤާޟީ
މަޤާމުގައި
4 އެޕްރީލް 2011  27 އޮކްޓޫބަރު 2013
ރައީސްމުޙައްމަދު ނަޝީދު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ފަހުން ވަޑައިގަތީ
ޖިނާއީ ކޯޓުގެ ޤާޟީ
މަޤާމުގައި
5 މާރިޗު 2007  4 އެޕްރީލް 2011
ރައީސްމައުމޫން ޢަބްދުލްޤައްޔޫމް
މުޙައްމަދު ނަޝީދު
ފަހުން ވަޑައިގަތީ
އުފަންވީ (1974-07-06) 6 ޖުލައި 1974 (51 އަހަރު )
ވ. ކެޔޮދޫ، ދިވެހިރާއްޖެ
ތަޢުލީމްމަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ، ދިވެހިރާއްޖެ
މަތީތަޢުލީމުއަލްއަޒްހަރު ޔުނިވަރސިޓީ، މިޞްރު
އެމެރިކަން އޯޕަން ޔުނިވަރސިޓީ

އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1974 ޖުލައި 6ވަނަ ދުވަހު ވ. ކެޔޮދުއަށެވެ. މަންމަ ފަރާތުގެ ޢާއިލާ ނިސްބަތްވަނީ ގއ. ވިލިނގިއްޔަށެވެ. ބައްޕަ ފަރާތުގެ ޢާއިލާ ނިސްބަތްވަނީ ފ. ބިލެއްދުއަށެވެ.

އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ޘާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިން 1996ވަނަ އަހަރުގައެވެ. ޝަރީޢަތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން 2002ވަނަ އަހަރުގައެވެ. 2006ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަރސިޓީން މާސްޓަރ އޮފް ޝަރީޢާ ޙާޞިލުކުރެއްވިއެވެ. އަދި މިޞްރުގެ ދާރުލްއިފްތާގައި ޝަރުޢީ ކަންކަމުގައި ފަތުވާ ދިނުމުގެ އެއް އަހަރުދުވަހުގެ ތަމުރީނު ޕުރޮގުރާމެއް ފުރިހަމަކުރައްވައިފައިވެއެވެ. މީގެއިތުރުން ޝަރުޢީ ދާއިރާގެ މަސައްކަތްތަކާއި ގުޅުން ހުރި ތަފާތު އެކި ތަމުރީނުތައް އެކި ޤައުމުތަކުން ފުރިހަމަކުރެއްވިއެވެ.

އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ދިވެހިރާއްޖޭގެ އެކިއެކި ކޯޓުތަކުގައި 2007 މާރިޗު 5ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ޤާޟީކަން ކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (ކުރީގެ ކުއްލިޔަތުއްދިރާސާތިލްއިސްލާމިއްޔާ) ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި 2007ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޤާނޫނީ އަދި ޝާރުޢީ ގިނަ މާއްދާތަކެއް ކިޔަވައި ދެއްވަމުން ގެންދަވައިފައިވެއެވެ. 2017ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖުގައި ޤާނޫނީ އަދި ޝަރުޢީ ގިނަ މާއްދާތަކެއް ކިޔަވައި ދެއްވަމުން ގެންދަވައިފައިވެއެވެ. އަދި އިންސާނީ ޙައްޤުތަކާއި ޖިނާއީ އިޖުރާއާތުގެ ތަމުރީނު ޕުރޮގުރާމުތަކެއް ޤާޟީންނަށާއި، ޤާނޫނީ ވަކީލުންނަށާއި، ފުލުހުންނަށާއި، ޖަލު އޮފިސަރުންނަށް އެކި ދުވަސްވަރު ހިންގަވައިފައިވެއެވެ. މީގެއިތުރުން ޝަރުޢީ ދާއިރާއާ ގުޅުން ހުރި ބައެއް ޤާނޫނުތަކާއި ވަރަށް ގިނަ ޤަވާޢިދުތަކެއް ޑްރާފްޓްކުރެއްވުގެ މަސައްކަތުގައި އެ މަނިކުފާނު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައެވެ. އެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ 2020ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ ފަނޑޔާރުކަމަށް ޢައްޔަންކުރެއްވި އިރު އެ މަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގައެވެ.

ކުރިން އަދާކުރައްވައިފައިވާ މަޤާމުތައް

[އުނިއިތުރު ގެންނަވާ]
  • 05 މާރިޗު 2007 އިން 04 އެޕްރީލް 2011، ޤާޟީ، ކްރިމިނަލް ކޯޓު (ޖިނާއީ ކޯޓު)
  • 04 އެޕްރީލް 2011 އިން 27 އޮކްޓޫބަރު 2013، ޤާޟީ، ސިވިލް ކޯޓު
  • 27 އޮކްޓޫބަރު 2013 އިން 21 ފެބުރުވަރީ 2015، އިސް ޤާޟީ، ސިވިލް ކޯޓު
  • 21 ފެބުރުވަރީ 2015 އިން 01 މާރިޗު 2019، ޤާޟީ، ޑްރަގް ކޯޓު
  • 01 މާރިޗު 2019 އިން 08 ސެޕްޓެމްބަރ 2020، ޤާޟީ، ކްރިމިނަލް ކޯޓު
  • ޖަނަވަރީ 2007 އިން ފެށިގެން ޕާޓްޓައިމް ލެކްޗަރަރ، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
  • ޖަނަވަރީ 2017 އިން ފެށިގެން ޕާޓްޓައިމް ލެކްޗަރަރ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ވިލާ ކޮލެޖު

https://web.archive.org/web/20241009131743/https://supremecourt.mv/justicedetails/mv-justice-alirasheed

https://majlis.gov.mv/storage/committee/reports/HKkVEAl80vVrpGV57nKoiSjm2dBGDAuFhFCmweA8.pdf