ޢަލީ ނަޖީބު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޢަލީ ނަޖީބު އަކީ ފ.ނިލަންދޫ އަށް އުފަން ގުރުއާން ހިތުދަސް ބޭފުޅެކެވެ. ޢަލީ ނަޖީބު ވަނީ ރުވާކިރާއި، އިސްތަށި އަދި އެހެންވެސް ބައެއް އެއްޗިހި ބޭނުން ކޮށްގެން ބޮޑުބޭބެ ފަރީދުއާއި އެކު ޕްލާސްޓިކާއި ގާތްކުރާ ޒާތެއްގެ އެއްޗެއް އީޖާދުކޮށްފައިވެއެވެ. އެންމެ ފާހަގަކުރެވޭ އެއްޗަކަށް އިޖާދުކޮށްފައިވަނީ ފައިން އަނބުރައިގެން ބޮއްކުރަލެއް ދުއްވުމަށް ހެދި މެޝިނެކެވެ .އަދި މީގެ އިތުރުން ބަނބުކެޔޮ ފިލާ އިން ފުރޮޅު ތައްޔާރުކޮށް ބަރޮލެއް ވެސް އުފެއްދެވި އެވެ.

ގުރުއާން ހިތުދަސްކުރުން[އުނިއިތުރު ގެންނަވާ]

އެންމެ ފުރަތަމަ ރަށުން އޭނާގެ އޭރުގެ މުދައްރިސް، އަހްމަދު ޢަލީ ގެ އެހީއާއިއެކު ޤުރުއާނުގެ ބޮޑު ބައެއް ހިތުދަސްކުރުމަށްފަހު މާލެއައިސް މަޢުހަދުގެ ޙާފިޒް ކުލާހުގައި ބައިވެރިވިއެވެ. އޭގެ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސްފަހުން ޤުރުއާން އެއްކޮށް ހިތުދަސްކޮށް ރަށަށް ރީތިނަން ހޯދައިދިނެވެ. އޭގެ ފަހުން ޕާކސްތާންގެ ފައިޞަލް އާބާދުގައި މަތީތައުލީމު އުގެނި ޝަރުޢީ ދާއިރާޢިން ފުރަތަމަ ޑިގްރީ ހޯއްދެވިއެވެ.

ޚާއްޞަ ސިފަ[އުނިއިތުރު ގެންނަވާ]

ނަޖީބުގެ ފުށުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ކިބައިގާވާ ޚުލްޤު ހެޔޮކަމާއި މަޑުމައިތިރި ކަމުގެ ސިފަ އެވެ. އަޑުވީއްލާ ދުވަހަކުވެސް މީހަކާ ދިމާލަށް އެއްޗެއް ބުނާ އަޑު ނީވެއެވެ. ޢާއްމުކޮށް މީހުން އެއްވާ 'ހޮޅުއަށި' ފަދަ ތަންތަނަށް ގޮސް 'ހުސް އަނގަ' ތެޅުމުގައި ވަޤުތު ބޭކާރު ކުރައްވާތަނެއް ނުފެނެ އެވެ. ހިނިތުންވުމާއި އޯގާތެރިކަމާއެކުގައި މެނުވީ އެހެން މީހަކާއި މުޚާތަބުކުރާތަނެއް ނުފެނެ އެވެ. ކަމެއް ބޭނުންވެގެން ނަޖީބުގެ ގާތަށް ގޮސްފިނަމަ 'ނޫން' ބަހާއިގެން އެނބުރި އަންނަން ދުވަހަކުވެސް ނުޖެހޭ ކަމުގައި ނަޖީބު ދަންނަ މީހުން ބުނާތީ އަހަމެވެ. ނަޖީބުގެ ގާތް އެކުވެރިން ފާހަގަކުރާ ގޮތުންނަމަ އެމީހުންނާއި އޭނާއާއި ދެމެދުގައިވަނީ ރަޙުމަތްތެރިކަމަށްވުރެ ބޮޑަށް 'އަޚުވަންތަ' ކަމެވެ.