ޢައިޝަތު ޢަލީ މަނިކު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޢައިޝަތު ޢަލީ މަނިކު ( ފީރޯޒް ޢައިސްތު ) އަކީ މޭކަޕްކުރުމުގެ ފަންނުގައި ހޮވާލެވޭ ފަންނާނެކެވެ.

ޢައިޝަތު ޢަލީ މަނިކު ތަޢުލީމް ޙާޞިލްކުރީ މާލޭ ހިދާޔާ ސްކޫލުންނެވެ. އޭނާ ކިޔެވި ދުވަސްވަރު އެންމެ ޝައުގުވެރި މާއްދާ އަކީ ކުރެހުމެވެ. ނަމަވެސް އައިސްތުގެ އެންމެ ގަޔާވާ ރޮނގަކީ ފިލްމީ ދާއިރާގެ އެކިއެކި މަސައްކަތްތައް ކުރުމެވެ. އޭގެ ތެރޭގައި ހިމެނެނީ :-

  • މޭކަޕްކޮށްދިނުން
  • ކޮރިއޮގްރަފީ ހަދައިދިނުން
  • ކޮސްޓިއުމް ހަމަޖައްސައިދިނުން
  • ފިލްމް ޑައިރެކްޓްކުރުން

މޭކަޕްކޮށްދިނުން[އުނިއިތުރު ގެންނަވާ]

މޭކަޕްކޮށްދިނުމުގެ މަސައްކަތް އައިސްތު ފަށާފައިވަނީ 1977 ގައެވެ. އެއީ އޮލިމްޕިއަންސް އަށް އައިސްތު ލަވަކީ ދުވަސްވަރު އެވެ. މޭކަޕްގެ އައިސްތުގެ އުސްތާޛަކީ ސްރީލަންކާގެ ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެއްކަމަށްވާ ޝެރީން ކިޔާ ބޭކަނބަލެކެވެ. އޭގެ އިތުރުން މޭކަޕްކޮށްދިނުމަށް ދަސްކުރުމުގައި ތަފާތު ފޮތްތަކާއި، ވީޑިޔޯގެ އެހީ އައިސްތު ހޯއްދެވިއެވެ. މޭކަޕްކޮށް ހެދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އައިސްތުގެ ފިރިމީހާ ހަންނާނު އަދި ދަރިންގެ ކިބައިންނެވެ.

މިހާތަނަށް 40 ދިވެހި ފިލްމަށް އައިސްތު މޭކަޕްކޮށްދީފައިވެއެވެ. ފިލްމް ތަކުގެ އިތުރުން ، ވީޑިޔޯ ލަވަ، ވެޑިންގ ، އިސްތިހާރު، ސްޓޭޖް ޝޯ ތަކަށް ވެސް އައިސްތު މޭކަޕްކޮށްދެއެވެ. އެންމެ އުދަގޫ ފިލްމީ މޭކަޕަކީ އަހުމަދު ނިމާލް ޑައިރެކްޓްކުރި ހަނދުކޭތަ ފިލްމްގެ މޭކަޕް ތަކެވެ. 1996 ވަނަ އަހަރު ބޭއްވި ދިވެހި ފިލްމް ފެސްޓިވަލް 2 ގައި ފިލްމް އެދުވަސް ހިނގައްޖެ އިން އެންމެ މޮޅު މޭކަޕްގެ މަގާމް އައިސްތު އަށް ލިބފައި ވެއެވެ.

މޭކަޕްކޮށްދޭން ފެށުމުގެ ކުރިން އައިސްތު ކުރި މަސައްކަތަކީ ފެހުމާއި، ލަވަކިޔުމެވެ. އެގޮތުން 2 އަހަރު ދުވަހު އޮލިމްޕިއަންސް ބޭންޑްގައި ލަވަކިޔާފައި ވެއެވެ. ލަވަ ހެދުމުގައި ވެސް އައިސްތު ހަރަކާތް ތެރިވެއެވެ. އެގޮތުން ބައެއް އަލްބަމްތަކަށް ލަވަހަދާދީފައި ވެއެވެ. އެންމެ ފުރަތަމަ ލަވައެއް ހަދާފައިވަނީ ދިވެހި ފިލްމް ޒަލްޒަލާ އަށެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

އުމުރުން 14 އަހަރުގައި އައިސްތު ވަނީ ޒަވާޖީ ހަޔާތެއް ފަށާފައެވެ. ދެވަނަ ކައިވެނީގެ ފިރިމީހާ އަކީ ލަވަކިޔުންތެރިޔާ ޢަބުދުލް ޙަންނާނު މޫސާދީދީ އެވެ. އެދެފަރިންނަށް 5 ކުދިން ލިބިފައި ވެއެވެ. 5 ކުދިން ހަރަކާތްތެރިވަނީ 5 ދާއިރާގައެވެ.