Jump to content

ޢައިޝަތު ނިޝްއަތު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޢައިޝަތު ނިޝްއަތު އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާއަކީ ފިލްމީ ތަރި އަހުމަދު އިޝާރު ގެ އަނބިމީހާ އެވެ. ނިޝްއަތު ފިލްމީ ދާއިރާއަށް ވަނީ 2007 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. އެއީ އިޝާރު އާއި ކައިވެނި ކުރުމަށްފަހު ގައެވެ. 2009 ގެ އެޕްރީލްގެ ނިޔަލަށް ނިޝްއަތު ވަނީ 2 ކުރު ފިލްމް އަދި 3 ޑްރާމާ ސިލްސިލާ ގައި ހަރަކާތްތެރި ވެފައެވެ. އަދި ފައްތާހު ޑައިރެކްޓްކުރާ ރާނިޔާ ކިޔާ ފިލްމަކުން ވެސް ފުރުޞަތު ލިބުނެވެ. ނަމަވެސް އަދިވެސް ރާނިޔާ ނިކުމެފައެއް ނުވެއެވެ. ނިޝްއަތުއަށް އެންމެ ކަމުދާ ތަރިންނަކީ ނިއުމާ، ނާއްކޮ އަދި އައިމިނަތު ޝަރީފް އެވެ.

ކުޅެފައިވާ ޑްރާމާ ސިލްސިލާ

[އުނިއިތުރު ގެންނަވާ]
  • ވަފާތެރިނުވެވުނަސް - 2008
  • އަސަރުގާ - 2009