Jump to content

ޢަބްދުﷲ ޚަލީލް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. ޢަބްދުﷲ ޚަލީލް

ޑރ ޢަބުދުﷲ ޚަލީލް ( ބަގީޗާގެ ، ފ.ނިލަންދޫ ) އަކީ ފ.ނިލަންދޫ އަށް އުފަން އިލްމީ ބޭފުޅެކެވެ. އޭނާ އަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ފަރާތެކެވެ. އަދި ބުރޫނާއީ ޔުނިވަސީޓީގައި އިކޮނޮމިކްސް އިން ޕީއެޗްޑީ ހައްދަވާފައި ވެއެވެ. އުމުރުން 31 އަހަރުގައި 2007 ވަނަ އަހަރުގެ މެދުތެރޭގައި ދިވެހިރާއްޖޭގައި އެންމެ ހަގު އުމުރުގައި އަތޮޅު ވެރިއެއްގެ މަގާމް އިސްވެ ވަޑައިގަތުމުގެ ޝަރަފް ޢަބުދުﷲ ޚަލީލް ހޯއްދެވި އެވެ.

ޢަބުދުﷲ ޚަލީލް އަކީ މީހުންނާއި ގުޅުން ބާއްވާ އިޖްތިމާޢީ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ފަރާތެކެވެ. އަތޮޅުވެރިކަން ކުރެއްވި ދުވަސްވަރު އެއަތޮޅުތަކަށް ތަރައްގީ ގެނައުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ.

ޑރ. ޢަބްދުﷲ ޚަލީލް މިހާރު ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައެވެ.

އަބުދުﷲ ޚަލީލް އަކީ ފ.ނިލަންދޫ ދޮންފަތްބަގީޗާގެ މޫސާ އަހުމަދު އާއި ހަމަ އެރަށު ފިނިފެންމާގޭ ހަފީޒާ ހަމީދުގެ ދޮށީ ފިރިހެން ދަރިފުޅެވެ. އާއިލާގައި ޚަލީލުގެ އިތުރުން 11 މެންބަރުން ހިމެނެއެވެ. އަނބިކަނބަލުން ނަކީ ފ.ނިލަންދޫ ފޮނިލުބޯގޭ ފަރީދާ ޢަބުދުލް ޢަޒީޒް އެވެ. އެދެމަފިރިންނަށް 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ. އެއީ ޒައިން ޢަބުދުﷲ ޚަލީލް އެވެ. މިހާރު 4 ކުދިން ލިބިލައްވާފައި ވެއެވެ. އެއީ ޒައިންގެ އިތުރުން، ޒާމިން، ޒީޝާ އަދި ޒައިދު އެވެ.

ތަޢުލީމް ޙާޞިލް ކުރެއްވުން

[އުނިއިތުރު ގެންނަވާ]
  • ފ.އަތޮޅު ތަޢުލީމީ މަރުކަޒު - މެދުމަދަރުސީ ތައުލީމް
  • މަދަރުސަތުލް އަހުމަދިއްޔާ - ސާނަވީ ތަޢުލީމް
  • ސެންޓަރ ފޮރ ހަޔަރ އެޑިޔުކޭޝަން - މަތީ ސާނަވީ ތައުލީމް
  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ - މެލޭޝިޔާ - ފުރަތަމަ ޑިގްރީ - އިކޮނޮމިކްސް
  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ - މެލޭޝިޔާ - މާސްޓާރސް ޑިގްރީ - އިކޮނޮމިކްސް
  • ބުރޫނާއީ ޔުނިވަސިޓީ - ބުރޫނާއީ- ޕީއެޗްޑީ އިން އިކޮނޮމިކްސް

އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • ސެކެޓްރީ - މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ
  • ސީނިއަރ އަންޑަރ ސެކެޓްރީ - މިނިސްޓްރީ އޮފް ފިނޭންސް
  • އަތޮޅުވެރިޔާ - އަރިއަތޮޅު އުތުރުބުރި
  • އަތޮޅުވެރިޔާ - ނ.އަތޮޅު
  • ސެކެޓްރީ ޖެނެރަލް - ސިވިލް ސާރވިސް ކޮމިޝަން
  • ރައްޔިތުން މަޖުލީހުގެ ފ.ނިލަންދޫ ދާއިރާގެ މެންބަރުކަން (2014ން 2019 އަށް)
  • މިނިސްޓަރ އޮފް ހެލްތު (17 ނޮވެންބަރު 2023 - 30 ސެޕްޓެންބަރު 2024)

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]