ޢަބްދުﷲ ރާފިޢު
ޢަބްދުﷲ ރާފިޢަކީ ދިވެހިރާއްޖޭގެ މިހާރުގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން) އެވެ.
ޢަބްދުﷲ ރާފިޢު ވަނީ ސްޕޯޓްސް ފިޒިއޮތެރަޕީގެ ދާއިރާއިން އިންޑިއަން އިންސްޓިޓިއުޓް އޮފް ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަންގައި މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
ޢަބްދުﷲ ރާފިޢު ގެންދަވަނީ، އޮލިމްޕިކް ކުޅިވަރު މުބާރާތްތަކުގައި ދިވެހި ޤައުމީ ޓީމުގެ މެޑިކަލް ލީޑަރުގެ ޙައިސިއްޔަތުން 2019 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުންނެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވާ ކުޅުންތެރީންގެ ޞިއްޙީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އެހީތެރިވެދެއްވުމުގެ މަސައްކަތް 2003 ވަނަ އަހަރުން ފެށިގެން ވަނީ ފަށްޓަވައިފައެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން 2018 ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، [ރަން މެޑެލް] ހާސިލުކުރި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ އިނާމު ޢަބްދުﷲ ރާފިޢަށް ވަނީ ލިބިވަޑައިގެންފައެވެ. އެ މުބާރާތުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ މެޑިކަލް އޮފިޝަލުގެ ގޮތުގައި ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.