ޢަބްދުލްޤައްޔޫމް އިބްރާހީމް
ފަޟީލަތުއްޝައިޚު ޢަބްދުލްޤައްޔޫމް އިބްރާހީމް | |
|---|---|
ޢަބްދުލްޤައްޔޫމް އިބްރާހީމް | |
| ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބު | |
މަޤާމުގައި 23 އޮގަސްޓު 1950 – 17 މޭ 1951 | |
| ބޮޑު ވަޒީރު | މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
| ކުރިން ހުންނެވީ | މުޙައްމަދު ނަޞީރު މަނިކު (ނައިބު މަނިކު) |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 18 އޮކްޓޫބަރު 1897 މާލެ، ދިވެހިރާއްޖެ |
| އަވަހާރަވީ | 30 އެޕްރީލް 1982 (84 އަހަރުފުޅުގައި) މާލެ، ދިވެހިރާއްޖެ |
| ދަރިން | ދަރީންގެ ތެރޭގައި މައުމޫން ޢަބްދުލް ޤައްޔޫމް، ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިމެނޭ |
ފަޟީލަތުއްޝައިޚު ޢަބްދުލްޤައްޔޫމް އިބްރާހީމް (މާފަތްގޭ ދޮންސީދީ) އަކީ އަލްވަޒީރު އިބްރާހީމް މާފަތް ތަކުރުފާނު (ކަޅު ޢަލީ މަނިކުގެ ދޮން މަނިކުގެ ދޮން ތުއްތު) އެވެ. މަންމާފުޅަކީ ދޮށީ ކަލޭގެފާނުގެ ދޮށީ ސީދީގެ އައްސައްޔިދާ ފާޠިމަތު މުނީރާ (ގަލޮޅު ސީދީގެ ސިއްތި) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1897ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18ވަނަ ދުވަހުއެވެ.
ފަޟީލަތުއްޝައިޚު ޢަބްދުލްޤައްޔޫމް އިބްރާހީމަކީ ދީނީ ޢިލްމާއި، ޙުކުމް ކަނޑައެޅުމާއި، ތަޙްޤީޤުކުރުމުގެ ޝަރުޢީ މަޢުލޫމާތު ވަރަށް ރަނގަޅަށް ދަސްފުޅުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޢަރަބިބަހާއި އުރުދޫބަސް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ރީތިކޮށް ކީރިތި ޤުރްއާން ކިޔަވައިވިދާޅުވާ ބޭފުޅެކެވެ. ދިވެހިބަހުގެ އަދީބެކެވެ. ވާހަކަދެއްކުންތެރި ބޭފުޅެކެވެ. ވާޢިޡެކެވެ. ޅެންވެރިޔެކެވެ. ލިޔުންތެރިޔެކެވެ. ދިވެހިބަހާއި ޢަރަބިބަހުން ވަރަށް ފަސޭހަކަމާ އެކު ޅެން ހައްދަވައެވެ. ސަރުކާރުގެ މުހިންމު ތަޙްޤީޤުތަކެއް ކުރެއްވިއެވެ. އޭގެތެރެއިން ފުރަތަމަ ޖުމްހޫރިއްޔާ ނިމުމާ ގުޅިގެން ހިނގި ތަޙްޤީޤާއި، ރާއްޖޭގެ ރަށްވެހި ކަމުގެ ތަޙްޤީޤާއި، އައްޑު އަތޮޅު ގަމު މީހުންނަށް ބަދަލު ދިނުމަށް އައްޑޫގައި ހިންގި ތަޙްޤީޤު ފާހަގަކޮށްލެވެއެވެ.
ފުރުއްވި މަޤާމުތައް
[އުނިއިތުރު ގެންނަވާ]- ބޮޑު ބަނޑޭރިގޭ ލިޔާ ކަރާނީކަން
- ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅު މެންބަރުކަން (23 ޑިސެންބަރު 1931 - 28 ޑިސެންބަރު 1934)
- މަޙްކަމަތުއްޝަރްޢިއްޔާގެ ނާއިބުކަން (16 ޑިސެންބަރު 1932)
- ބޮޑު ހަނޑޫ ދެއްވުން (16 ޑިސެންބަރު 1932)
- މަޙްކަމަތުއްޝަރްޢިއްޔާގެ ނާއިބުކަން (2 މާރިޗު 1934)
- ރައްޔިތުންގެ މަޖިލީހުގެ ރަދުންގެ މެންބަރުކަން (7 މާރިޗު 1935 - 15 ޖުލައި 1940)
- ރައްޔިތުންގެ މަޖިލީހުގެ ލ. އަތޮޅު މެންބަރުކަން (19 އެޕްރީލް 1950 - 15 އޮގަސްޓު 1952)
- ބަންޑާރަ ނާއިބުކަން (23 އޮގަސްޓު 1950 - 17 މޭ 1951)
- އުއްތަމަ ފަނޑިޔާރުކަން (13 ޖަނަވަރީ 1958)
- މަޢާރިފުގެ މުދައްރިސްކަން (19 އޮގަސްޓު 1959)
- މަޢާރިފުގެ 2 ނަންބަރު މުދައްރިސްކަން (11 ސެޕްޓެންބަރު 1959)
- މާލިއްޔާ ހ. 2 ގެ ބޮޑު ހަނޑޫ ދެއްވުން (20 ފެބުރުވަރީ 1960)
- މައުޛޫނުކަން (19 މާރިޗު 1967 - 19 ސެޕްޓެންބަރު 1972)
- މާލޭގައި ހުކުރުކުރެއްވުމުގެ ވަޒީފާ (11 ޛުލްޙިއްޖާ 1372 ހ.)
ބޭފުޅުން
[އުނިއިތުރު ގެންނަވާ]- ސަކީނާ ޢަބްދުލްޤައްޔޫމް
- މައުމޫން ޢަބްދުލްޤައްޔޫމް
- ޢަބްދުﷲ ޙަމީދު
- މުއުމިނާ ޢަބްދުލްޤައްޔޫމް
- ޢަބްދުﷲ މަޖީދު
- ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
- ޢަބްދުﷲ މަމްނޫން
- ޢަބްދުﷲ އަލްޤީން
- ޢަބްދުﷲ ބުންޔާމީން
- މުސްލިމާ ޢަބްދުލްޤައްޔޫމް
- ޢަބްދުލްޣަނީ
- އަމީނާ
- ނާޞިރު
- މަންޞޫރު
- އަމީން
އަވަހާރަވުން
[އުނިއިތުރު ގެންނަވާ]ފަޟީލަތުއްޝައިޚު ޢަބްދުލްޤައްޔޫމް އިބްރާހީމް އަވަހާރަވީ 1982ވަނަ އަހަރުގެ އެޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަނދާނާއި ތާރީޚުގެ ތެރެއިން - 1ވަނަ ބައި - އަޙްމަދު ނަޖީބު - 2006