Jump to content

ޢަބްދުﷲ ޚަލީލް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ ޢަބުދުﷲ ޚަލީލް އިން)
ޑރ. ޢަބްދުﷲ ޚަލީލް
ޢަބްދުﷲ ޚަލީލް، 2023
މިނިސްޓަރ އޮފް ފޮރިން އެފެއާޒް
މަޤާމުގައި
30 ސެޕްޓެންބަރު 2024  14 އެޕްރީލް 2026
ރައީސްމުޙައްމަދު މުޢިއްޒު
ކުރިން ހުންނެވީމޫސާ ޒަމީރު
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ހެލްތު
މަޤާމުގައި
17 ނޮވެންބަރު 2023  30 ސެޕެޓެންބަރު 2024
ރައީސްމުޙައްމަދު މުޢިއްޒު
ކުރިން ހުންނެވީއަޙްމަދު ނަސީމް
ފަހުން ވަޑައިގަތީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރު
މަޤާމުގައި
28 މޭ 2014  28 މޭ 2019
ފަހުން ވަޑައިގަތީ
ޢަބްދުލްމުޙްސިން ޙަމީދު
ދާއިރާނިލަންދޫ ދާއިރާ
އުފަންވީ (1975-02-12) 12 ފެބްރުއަރީ 1975 (51 އަހަރު )
ފ. ނިލަންދޫ، ދިވެހިރާއްޖެ
ސިޔާސީ ޕާޓީޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ތަޢުލީމްފ. އަތޮޅު ތަޢުލީމީ މަރުކަޒު
މަދްރަސަތުލްއަޙްމަދިއްޔާ
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
މަތީތަޢުލީމުއިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ
ބްރޫނާއީ ޔުނިވަރސިޓީ

ޑރ. ޢަބްދުﷲ ޚަލީލް ( ބަގީޗާގެ ، ފ.ނިލަންދޫ ) އަކީ ފ.ނިލަންދޫ އަށް އުފަން އިލްމީ ބޭފުޅެކެވެ. އޭނާ އަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ފަރާތެކެވެ. އަދި ބުރޫނާއީ ޔުނިވަސީޓީގައި އިކޮނޮމިކްސް އިން ޕީއެޗްޑީ ހައްދަވާފައި ވެއެވެ. އުމުރުން 31 އަހަރުގައި 2007 ވަނަ އަހަރުގެ މެދުތެރޭގައި ދިވެހިރާއްޖޭގައި އެންމެ ހަގު އުމުރުގައި އަތޮޅު ވެރިއެއްގެ މަގާމް އިސްވެ ވަޑައިގަތުމުގެ ޝަރަފް ޢަބުދުﷲ ޚަލީލް ހޯއްދެވި އެވެ.

ޢަބުދުﷲ ޚަލީލް އަކީ މީހުންނާއި ގުޅުން ބާއްވާ އިޖްތިމާޢީ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ފަރާތެކެވެ. އަތޮޅުވެރިކަން ކުރެއްވި ދުވަސްވަރު އެއަތޮޅުތަކަށް ތަރައްގީ ގެނައުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ.

އަބުދުﷲ ޚަލީލް އަކީ ފ.ނިލަންދޫ ދޮންފަތްބަގީޗާގެ މޫސާ އަހުމަދު އާއި ހަމަ އެރަށު ފިނިފެންމާގޭ ހަފީޒާ ހަމީދުގެ ދޮށީ ފިރިހެން ދަރިފުޅެވެ. އާއިލާގައި ޚަލީލުގެ އިތުރުން 11 މެންބަރުން ހިމެނެއެވެ. އަނބިކަނބަލުން ނަކީ ފ.ނިލަންދޫ ފޮނިލުބޯގޭ ފަރީދާ ޢަބުދުލް ޢަޒީޒް އެވެ. އެދެމަފިރިންނަށް 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފިރިހެން ކުއްޖަކު ލިބިފައި ވެއެވެ. އެއީ ޒައިން ޢަބުދުﷲ ޚަލީލް އެވެ. މިހާރު 4 ކުދިން ލިބިލައްވާފައި ވެއެވެ. އެއީ ޒައިންގެ އިތުރުން، ޒާމިން، ޒީޝާ އަދި ޒައިދު އެވެ.

ތަޢުލީމް ޙާޞިލް ކުރެއްވުން

[އުނިއިތުރު ގެންނަވާ]
  • ފ.އަތޮޅު ތަޢުލީމީ މަރުކަޒު - މެދުމަދަރުސީ ތައުލީމް
  • މަދަރުސަތުލް އަހުމަދިއްޔާ - ސާނަވީ ތަޢުލީމް
  • ސެންޓަރ ފޮރ ހަޔަރ އެޑިޔުކޭޝަން - މަތީ ސާނަވީ ތައުލީމް
  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ - މެލޭޝިޔާ - ފުރަތަމަ ޑިގްރީ - އިކޮނޮމިކްސް
  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ - މެލޭޝިޔާ - މާސްޓާރސް ޑިގްރީ - އިކޮނޮމިކްސް
  • ބްރޫނާއީ ޔުނިވަސިޓީ - ބްރޫނާއީ - ޕީއެޗްޑީ އިން އިކޮނޮމިކްސް

އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • ސެކެޓްރީ - މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ
  • ސީނިއަރ އަންޑަރ ސެކެޓްރީ - މިނިސްޓްރީ އޮފް ފިނޭންސް
  • އަތޮޅުވެރިޔާ - އަރިއަތޮޅު އުތުރުބުރި
  • އަތޮޅުވެރިޔާ - ނ.އަތޮޅު
  • ސެކެޓްރީ ޖެނެރަލް - ސިވިލް ސާރވިސް ކޮމިޝަން
  • ރައްޔިތުން މަޖުލީހުގެ ފ.ނިލަންދޫ ދާއިރާގެ މެންބަރުކަން (2014ން 2019 އަށް)
  • މިނިސްޓަރ އޮފް ހެލްތު (17 ނޮވެންބަރު 2023 - 30 ސެޕްޓެންބަރު 2024)
  • މިނިސްޓަރ އޮފް ފޮރިން އެފެއާޒް (30 ސެޕްޓެންބަރު 2024 - 14 އެޕްރީލް 2026)

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]