ޢަބުދުﷲ ޖަމީލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޢަބުދުﷲ ޖަމީލަކީ ކުރިން ރާއްޖޭގެ ވަރަށް ގިނަ މިނިސްޓްރީތަކުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މިއީ އަލްމަރުހޫމް މުޙައްމަދު ޖަމީލް ދީދީގެ ބޭފުޅެކެވެ. މިހާރުގެ މިނިސްޓަރެއް ކަމުގައިވާ މަޢުރޫފް ޖަމީލަކީ ޢަބުދުﷲ ޖަމީލްގެ ދަރިއެކެވެ.ޢަބުދުﷲ ޖަމީލް(ކުއްޅަވައްގޭ ޢަބުދުﷲ ޖަމީލް) އަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީގެ ދަރިކަލެކެވެ. މަންމައަކީ ދޮށީ ކަލޭފާނުގެ މެދުސީދީގެ ސިއްތި އެވެ. ޢަބުދުﷲ ޖަމީލް ތަޢުލީމް ޙާޞިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އޭގެ ފަހުން އެކިއެކި ކޯސްތައް ހައްދަވާފައި ވެއެވެ. އިގިރޭސިބަސް ދެނެލައްވައެވެ. ދިވެހި ޘަޤާފަތާއި ތާރީޚަށް ލޯބި ކުރައްވައެވެ. ގަސްގަހާ ގެހީގެ މަޢުލޫމާތު ދެނެލައްވައެވެ. ގަސްހެއްދެވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ.

ސަރުކާރުގެ ޚިދުމަތުގައި[އުނިއިތުރު ގެންނަވާ]

ޢަބުދުﷲ ޖަމީލް ސުކޫލް ނިންމުމަށްފަހު ސަރުކާރުގެ ވަޒީފާ އަދާކުރަން ފެއްޓެވީ 6 މެއި 1953 ގައެވެ. އެއީ ވުޒާރަތުލް މުވާޞަލާތުގެ އޮބްޒާވަރެއްގެ މަގާމުންނެވެ. ތަފާތު މަގާމްތައް އަދާކުރެއްވި އެވެ. ދެވަނަ ޖުމްހޫރިއްޔާގެ ވެރިކަން ނިމިދިޔައިރު ހުރީ ކޮންޓްރޯލް އޮފް ކޮމިޔުނިކެބަލް ޑިޒީޒަސް ގެ ވަކީލްކަމުގެ މަގާމްގައެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 11 ނޮވެމްބަރު 1978 – ރައީސްގެ ޕްރައިވެޓް ސެކެޓްރީކަން
  • 16 ޑިސެމްބަރު 1978 – ރައީސްގެ އެގްޒެކްޓިވް ސެކެޓްރީކަން
  • އޯޑިޓް އޮފީހުގެ ވެރިޔާކަން
  • 5 ޖެނުއަރީ 1981 – 30 މެއި 1990 – މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރކަން
  • 11 ނޮވެމްބަރު 1982 – މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއަރޒްކަން
  • 11 ނޮވެމްބަރު 1983 – 5 ޖެނުއަރީ 1989 – މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއަރކަން
  • 30 މެއި 1990 – 27 މާރޗް 1991 – މިނިސްޓަރ އޮފް އެޓޯލް އެޑްމިނިސްޓްރޭޝަންކަން
  • 26 ޖޫން 1986 – 15 ޖުލައި 1992 – ޒުވާނުންގެ މަރުކަޒުގެ ރައީސްކަން
  • 27 މާރޗް 1991 – 11 ނޮވެމްބަރު 1993 – މިނިސްޓަރ އޮފް ޓޫރިޒަމްކަން
  • 11 ނޮވެމްބަރު 1993 – 6 ނޮވެމްބަރު 1996 – މިނިސްޓަރ އޮފް ހޯމް އެފެއާޒްކަން
  • 6 ނޮވެމްބަރު 1996 – 11 ނޮވެމްބަރު 1998 – މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގކަން
  • 11 ނޮވެމްބަރު 1998 – 11 ނޮވެމްބަރު 2008 – ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުކަން
  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006