Jump to content

ޢަބުދުﷲ ކަމާލުއްދީން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްނަބީލް ޢަބުދުﷲ ކަމާލުއްދީން އަކީ އައްނަބީލް ޖަޢުފަރު ކަމާލުއްދީންގެ ދަރިކަލެކެވެ. މަންމާ ފުޅަކީ ވަޙީދާ ޙަސަން މަނިކު އެވެ. އައްނަބީލް ޢަބުދުﷲ ކަމާލުއްދީން ފުރަތަމަ އިގިރޭސި ތަޢުލީމް ޙާޞިލްކުރެއްވީ މަޖީދިއްޔާ ސްކޫލް އިންނެވެ. މަޖީދިއްޔާ ސްކޫލް ގެ މުސްކުޅި ދަރިވަރެކެވެ. އަބަދުވެސް މަޢުލޫމާތު ހޯއްދަވާ އާއްމުންނާ ގުޅުން ބަހައްޓަވާ ބޭފުޅެކެވެ. އިގިރޭސި ބަސް ދެނެލައްވައެވެ. ގައުމީ ކަންތައްތަކުގައި އިސްނަގާ ހަރުދަނާ ދިވެހި ދަރިއެކެވެ. ސާފު ތާހިރުކަމަށް އަބަދުވެސް ލޯބިކުރައްވާ ފަރާތެކެވެ. އައްނަބީލް ޢަބުދުﷲ ކަމާލުއްދީން ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ދެވަނަ ޖުމުހޫރިއްޔާގެ ތެރޭގައެވެ. އެވަޒީފާ ތަކުގައި ވެސް އަތްވާއި ވާރެޔަށް ބެލުމެއްނެތި އަމިއްލަފުޅަށް މަސައްކަތްތައް ލޯފުޅުން ދެކިވަޑައިގެން އެމަސައްކަތުގެ ފޮނިކަމާއި މީރުކަން ދިވެހިންނަށް ހޯއްދަވައި ދެއްވި އެވެ. 3 ވަނަ ޖުމުހޫރިއްޔާގައި މާލޭގެ ބިން ހިއްކުމުގެ މަޝްރޫޢު ފަދަ ބޮޑެތި މަޝްރޫޢުތައް ހިންގެވުމުގައި ޢަބުދުﷲ ކަމާލުއްދީން ވަރަށް އިޚްލާޞްތެރިކަމާ ވަފާތެރިކަމާއެކު ޙިކުމަތު ޢަމަލީ ބޭނުންކުރެއްވި އެވެ. އަދި 3 ވަނަ ޖުމުހޫރިއްޔާގެ ތެރޭގައި ތަފާތު މިނިސްޓްރީ ތަކުގެ މިނިސްޓަރު ކަމާއި، އަދި ރައްޔިތުން މަޖުލީހުގެ މެންބަރުކަން ކުރައްވާފައި ވެއެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006