ޢަބުދުލް މަލިކް ބިން މަރުވާން ބިން ހަކަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އުފަންވެ ވަޑައިގަތީ ހިޖުރައިން 26ވަނަ އަހަރުގައެވެ. އުޅެބޮޑުފުޅުވީ މަދީނާގައެވެ. ދީންވެރި އަޅުވެރިއެއްގެ ގޮތުގައި ފާގަކުރެވިފައިވެއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 65ވަނަ އަހަރުގެ ރަމަޟާން މަހުގެ 27ވަނަ ދުވަހުއެވެ. އެއީ މީލާދީން 685ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ޚަލީފާކަމަށް އިސްވެވެޑައިގަތީ ބައްޕާފުޅު މަރުވާން ބިން ޙަކަމް އަވަހާރަވުމަށް ފަހުގައެވެ. ހައިބަތު ހުރި ޖާނު ވަރުގަދަ މީހެއްކަމުގައި ވެސް ބެލެވިފައި ވެއެވެ.

ޢަބުދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި އުމަވީ ދައުލަތުގެ ވެރިކަން ރޫމީ، ފާރިސީ އަދި ޢަރަބި ރަށްތަކުގައި ހިންގާފައިވެއެވެ. އެންމެ ފުރަތަމަ ލިޔާއިރު ފިލިޖެއްސެވުން، ދިރުހަމުގައި ކުރެއްސެވުން، ދީނާރުގެ ލޯލާރި ތަޢާރަފުކުރުން މިއީ ހައްތަހާ ވެސް ޢަބުދުލް މަލިކް ބިން މަރުވާންގެ ވެރިކަމުގައި ހިގާފައިވާ ކަންތައްތަކެވެ. މައްކާގައި ވާ ކައުބާ ނުވަތަ ގެފުޅު ތަޅާލެއްވުމަށް ފަހު މިހާރު ފެންނަށް އެހެރިގޮތަށް ބިނާ ކުރެއްވީ ވެސް އަބުދުލް މަލިކް ބިން މަރުވާންގެ ވެރިކަމުގައެވެ. ހަރުޤަލާއޭ ކިޔޭ ރަށް ފަތަހަކޮށް ވާސިޠު އޭ ކިޔޭ ރަށް ބިނާކުރެއްވިއެވެ.

އަބުދުލް މަލިކް ބިން މަރުވާން އާއި ބެހޭގޮތުން އަބޫ އައްޒަނާދު ވިދާޅުވެފައިވެއެވެ. މަދީނާގެ ފިގުހު ޢިލްމު ވެރިންނަކީ ސަޢީދު ބިން މަސީބުއާއި، ޢަބުދުލް މަލިކް ބިން މަރުވާންއާއި، ޢުރުވަތު ބިން ޒުބައިރުއާއި، ޤުބައިޞާ ބިން ޛުއައިބު އެވެޢަބުދުލް މަލިކް ބިން މަރުވާން ދުނިޔެދޫކުރެއްވީ ދިމިޝްޤުގައި ހިޖުރައިން 86ވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައެވެ.