ޝީރާމަން ހުކުރު މިސްކިތް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

މިއީ އިންޑިޔާ ފުރަތަމަ ބިނާކުރެވުނު މިސްކިތެވެ. މިސްކިތް ބިނާކުރެވުނީ މީލާދީން 629 ގައެވެ. މި މިސްކިތް ހުންނަނީ އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ތްރިއްސުރު ޑިސްޓްރިކްޓްގައެވެ. މި މިސްކިތް ބިނާކުރެއްވީ ޝީރާ ރަސްގެފާނުގެ އަމުރުފުޅަށް މާލިކް ބިން ދީނާރެވެ. މާލިކް ބިން ދީނާރަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސަހާބީ އެކެވެ. މި މިސްކިތް ބިނާކުރެވުނީ އޭގެ ކުރީގައި ބުދު ދީނުގެ ފައްޅިއެއް ހުރި ބިމުގައެވެ. ފުރަތަމަ އެ ފައްޅި މިސްކިތަކަށް ބަދަލުކުރީ އެވެ. ފަހުން އެތާނގައި މިސްކިތެއް ބިނާކުރީއެވެ. ފުރަތަމަ ބިނާކުރެވުނު އިރު މިއީ 370 އެއްހައި މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ. ނަމަވެސް ފަހުން އެކި ފަހަރުމަތިން މިސްކިތް ވަނީ ބޮޑުކުރެވިފައެވެ.

ތާރީހް[އުނިއިތުރު ގެންނަވާ]

ބުނެވޭ ގޮތުގައި އެތާނގެ ރަސްގެފާނަށް ހުވަފެންފުޅުގައި ހަނދު ދެފަޅިވާތަން ފެނިވަޑައިގަތެވެ. ރަސްގެފާނު މި ހުވަފެންފެންފުޅުގެ ތައުބީރު އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގުނެވެ. އެ ދުވަސްވަރު މައްކާގެ ބަޔަކު އޮޅުދޫކަރަޔަށް ދިޔަ މަގުމަތީގައި މި ރަސްގެފާނާ ބައްދަލުވެ މި ހުވަފެންފުޅުގެ ވާހަކަ ދެއްކުމުން އެމީހުން ރަސްގެފާނަށް މުޙައްމަދުގެފާނުގެ ހަބަރު ދިނެވެ. އަދި އެ ހުވަފެންފުޅާއި ހަނދު ދެފަޅި ކުރެއްވުމުގެ މުއުޖިޒާތާ ގުޅުން ހުރިކަމުގައި ވާހަކަދެއްކެވިއެވެ. ދެން މިގާފިލާ އެނބުރި މައްކާއަށް ދިޔައިރު މި ރަސްގެފާނު މުޙައްމަދުފާނާ ބައްދަލްކުރުމަށް ދަތުރުގައި ބައިވެރިވިއެވެ.

ބުނެވޭ ގޮތުގައި މިރަސްގެފާނު މައްކާއަށް ދަތުރުކޮށް ކީރިތި ރަސޫލާއާ ބައްދަލުވެ އިސްލާމް ދީން ގަބޫލުކުރިއެވެ. އަދި މި ރަސްގެފާނު ރަސޫލާއަށް އިނގުރު އަސާރަ ވެދުމަށް އެރުވިއެވެ. ދެން އިންޑިޔާގައި އިސްލާމް ދީން ފެތުރުއްވުމުގެ މަސައްކަތް މާލިކް ބިން ދީނާރާ ހަވާލުކުރައްވައި ރަސްގެފާނާ އެކު ފޮނުއްވިއެވެ. ނަމަވެސް މައްކާއިން އެނބުރި އުތުރުކަރައަށް ކުރި ދަތުރުގައި ރަސްގެފާނު އާލާސްކަންފުޅެއް ޖެހި އަވަހާރަވިއެވެ.

ރަސްގެފާނު އަވަހާރަވުމުގެ ކުރިން ސިޓީ ލިޔުއްވައި މާލިކް ބިން ދީނާރާ ހަވާލުކުރެއްވިއެވެ. އަދި ރަސްކަން ހިންގުމާ ހަވާލުވެ ތިބި ރަސްގެފާނުގެ އާއިލާގެ މީހުންނަށް މި ސިޓީ ދެއްވުމުން މާލިކް ބިން ދީނާރު ދީން ފެތުރުމުގެ މަސައްތް ކުރުމަށް ފުރިހަމަ އެހީތެރިކަން ދެއްވިއެވެ.