ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު އަކީ ދިވެހި ޤައުމަށްޓަކައި 3 ނޮވެމްބަރ، 1988 ގައި ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ދިވެހި ދަރިއެކެވެ. ލާންސް ކޯޕްރަލް ކުޑަ އާދަމް ކުޑަތުއްތު ޒޯން ޑިއުޓީގައި މެދު ޒިޔާރަތްމަގުގައި އުޅުއްވަމުން ގެންދަވަނިކޮށް ދިން ބަޑީގެ ހަމަލާއިން ވަޒަން އަރައި ޝަހީދުވީ އެވެ. ލާންސް ކޯޕްރަލް ކުޑަ އާދަމް ކުޑަތުއްތު ޝަހީދުވެގެން ވެއްޓިފައިވަނީ އިސްލާމީ މަރުކަޒުގެ ކައިރިން މެދުޒިޔާރަތް މަގަށެވެ. ލާންސް ކޯޕްރަލް ކުޑަ އާދަމް ކުޑަ ތުއްތު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދަތުލަތުން އެކަމުގެ އަގު ވަޒަންކުރައްވާ ލާންސް ކޯޕްރަލްއެއްގެ މަގާމުން ސާޖެންޓެއްގެ މަގާމުގެ ކުރިއެރުން ދެއްވައި ހުރަވީ ރިހި މެޑަލް އައި ތިނެއް ނޮވެމްބަރުގެ މެޑަލް އާއި ޖިހާދުގެ ރަތް މެޑަލްދެއްވި އެވެ. ޝަހީދުވީ އުމުރުފުޅުން 49 އަހަރާއި 10 މަހާއި 1 ދުވަހުންނެވެ. ދާއިމީ އެޑްރެހަކީ ހ.އަންހީޓު އެވެ. ބައްޕައަކީ ކުޑަ އާދަމް، މުލަކު އެވެ.