ޚިޔާލު:ވިކްޓްރީ ސްޕޯޓްސް ކްލަބް

Page contents not supported in other languages.
ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިކްޓަރީ ސްޕޯޓްސް ދިވެހި ލީގް 11 ފަހަރު ހޯދާފައިވާކަމަށް ލިޔުއްވާފައިވާތީ އެކަމާ ގުޅޭ...[އުނިއިތުރު ގެންނަވާ]

އިޝޫގެ ތިޔަ ޚިޔާލަށް ތާއީދު ކުރެވޭ އަދި ގަބޫލުކުރެވޭ. އަޅުގަނޑު އެބައި ލިޔެފައި އެއިނީ އިގިރޭސި ވިކިޕީޑީއާގައި އެގޮތަށް ލިޔެފައި އިނުމުން. އަދި އެތާގައި ވާ ދިވެހި ލީގް ގެ ސަފްހާގައި ވެސް ހުރީ މިގޮތަށް އޭގެ ލިންކްތައް ތިރީގައި މިވަނީ އެވެ.

Khazaanaa 22:11, 5 އެޕްރީލް 2008 (UTC)

ވިކްޓަރީ ސްޕޯޓްސް ކުލަބަށް ލިބިފައިވާ ކާމިޔާބީތަކުގެ ތެރޭގައި "ދިވެހި ލީގް" 11 ފަހަރު ހޯދާފައިވާކަމަށް ލިޔުއްވާފައިވާތީ ދަންނަވަމެވެ. ދިވެހި ލީގަކީ 2000 ( އަހަރު މުޅިން ޔަގީނެއް ނޫން) ވަނަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. މި މުބާރާތުގެ އައްޑަނަ ފުރަތަމަ އުފުލާލީ ވިކްޓަރީންނެވެ. ނަމަވެސް ޖެހިގެން އައި 3 އަހަރު އައްޑަނަ ހޯދީ ވެލެންސިއާއެވެ.

ވިކްޓަރީ 11 ފަހަރު ހޯދީ ގައުމީ މުބާރާތެވެ. މިހާރު 2005 ން ފެށިގެން އެ މުބާރާތުގެ ނަން ވަނީ "ޕްރެޒިޑެންޓް ކަޕް" އަށް ބަދަލުކޮށްފައެވެ. މިހާރު އެ މުބާރާތުގައި ކުޅޭނީ އެންމެ ހަތަރު މެޗެވެ. އެ މެޗްތައް ކުޅޭނީ، ފުރަތަމަ ސެމީ ފައިނަލްގައި ދިވެހި ލީގުގެ އެއްވަނަ އަދި ދެވަނައަށް ދާ ދެ ޓީމެވެ. ދެވަނަ ސެމީގައި ކުޅޭނީ ދިވެހި ލީގުގެ ތިންވަނަ އަދި ހަތަރުވަނައަށް ދާ ދެޓީމެވެ. ފުރަތަމަ މެޗުންމޮޅުވާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނެއެވެ. ބަލިވާ ޓީމު ތިންވަނަ ސެމީފައިނަލް މެޗުގައި، ދެވަނަ މެޗުން މޮޅުވި ޓީމާ އެކު ކުޅޭނެއެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ ތިންވަނަ މެޗުން މޮޅުވާ ޓީމަކަށެވެ. --އިޝު 19:07, 5 އެޕްރީލް 2008 (UTC)