ޚަލީލު ( ފަލަސްތީނު )

ވިކިޕީޑިއާ އިންވިކިޕީޑިއާ

الخليل އޮންނަނީ فلسطين ގައި قدس ގެ ހުޅަގުން 30ކިލޯމީޓަރު ދުރުމިނުގައި އަދި ދެކުނުން بيت لحم އާއި 22ކިލޯމީޓަރު ދުރުގައެވެ.

- الخليل ގެ ނަން ނެގިފައިވަނީ إبراهيم عليه السلام ގެ ސިފަފަޅު خليل الرحمنއާއި ގުޅުވައިގެން ކަމުގައި ބުނެވެއެވެ. ميلاديގެ 1700 އަހަރުކުރިން إبراهيم عليه السلام الخليل އަށް ވަޑައިގަތެވެ. الخليل އަށް ކުރިން أربعއޭ ވެސް ކިޔައި އުޅުނެވެ. އެއީ الخليل ގެ ބާނީ أربع العربي الكنعانيއަށް ނިސްބަތްކޮށެވެ.

- إبراهيم عليه السلام ގެ އަނބިކަބަލުން سارة އާއި، ދެދަރިކަލުން ކަމުގައިވާ إسحاق عليه السلام އާއި، يعقوب عليه السلام އާއި، އެބޭކަލުންގެ އަނބިކަބަލުން ވެސް ފަސްދާނުފުޅުވެޑުވިފައިވަނީ الخليل ގެ ބިމުގައެވެ.

- روميންގެ ދުވަސްވަރު إبراهيم عليه السلام އާއި އެކަލޭގެފާނުގެ عائلةގެ ބޭފުޅުން ފަސްދާނުފުޅު ވެޑުވިފައިވާ مقبرة ގައި ފައްޅިއެއް ބިނާކުރެވުނެވެ. ފަހުން ميلاديން 614ވަނަ އަހަރު فارسي ން އެފައްޅި ހަލާކުކޮށް ނައްތާލިއެވެ.

- ميلادي ން 1099ވަނަ އަހަރު الخليل صليبي ހަނގުރާމައިގެ ތެރޭގައި فرنجاއިންގެ އަތްދަށަށް ދިޔައެވެ. އެއަށްފަހު صليبي ންގެ އަތްދަށުން ميلادي ން 1187ވަނަ އަހަރު صلاح الدين الايوبي رحمه الله الخليل މިނިވަން ކުރެއްވިއެވެ.

- 3 قرنއަށް ދެމިގެންދިޔަ ممالكންގެ ވެރިކަމުގައި ވެސް الخليل އަށް خاصة سمال ކަމެއް ދީފައިވެއެވެ.

- ميلادي ން 1517ވަނަ އަހަރު عثمانيން بلاد الشام އާއި الخليل فتح ކުރިއެވެ. އެއަށް ފަހު 4 قرن ވަންދެން الخليلއޮތީ عثمانيންގެ ބާރުގެ ދަށުގައެވެ.

- عثمانيންގެ އަތުން الخليل ބީވެގެންދިޔައީ ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިގިރޭސީން فلسطين އަޅުވެތިކުރުމުންނެވެ.

- 1948ގައި يهودي دولتއެއް فلسطين ގެ ބިމުގައި إعلان ކުރުމަށްފަހު الخليل ގެ ބޮޑުބައެއް يهودي ންގެ ބާރުގެ ދަށަށް ދިޔައެވެ.

- 1967ގައި الخليل އާއި އެރަށުގެ ވަށައިގެންވާ ކުދިބޮޑު ހުރިހާ ރަށެއް يهوديންގެ އަތްދަށަށް ދިޔައެވެ.

- الخليل ގައިވާ މުހިއްމު آثار ތަކުގެ ތެރޭގައި مسجد الحرم الابراهيميއާއި، إبراهيم عليه السلام އާއި، އެކަލޭގެފާނުގެ عائلة ގެ ބޭބޭފުޅުން ފަސްދާނުވެޑުވިފައިވާ مقبرة ހިމެނެއެވެ.

7- إسكندرية ( مصر )

- إسكندرية އޮންނަނީ މެދުތެރޭ ކަނޑުގެ އައްސޭރިއަށް ވާގޮތަށް مصرގެ ބިމުގައެވެ.

- مسلمން إسكندرية فتح ކުރީ عمر بن العاص ވެރިއަކަށް ހުންނަވައިގެން مصر فتحކުރެއްވުަމަށް ކުރެއްވި މަސައްކަތުގެ ތެރޭގައެވެ. މިގޮތުން بابليون فتح ކުރެއްވުމަށް ފަހު إسكندرية هجرةއިން 20ވަނަ އަހަރުގެ ربيع الاول މަހުގެތެރޭގައި حصار ކުރިއެވެ. އޭގެ 14މަސް ފަހުން هجرةއިން 21 ވަނަ އަހަރުގެ ތެރޭގައި إسكندرية مسلمން ފަތަހަ ކުރިއެވެ.

- އެކިދައުރުތަކުގައި إسكندريةއަށް خاصة ސަމާލުކަމެއް ދީފައިވެއެވެ. މިގޮތުން އިސްކަންދަރިއްޔާގައި މިސްކިތްތައް އެކި ދުވަސްވަރު ވަނީ ބިނާކުރެވިފައެވެ.

- ކަނޑުގެ އައްސޭރީގައިވާ ރަށަކަށް ވުމާއި އެކު ބޯޓުތައް ބަނުމަށް ޚާއްޞަ ތަނެއް އިސްކަންދަރިއްޔާ ގައި ތައްޔާރުކުރެވުނެވެ.

- ޞަލާހުއްދީނުލް އައްޔޫބީގެ ވެރިކަމުގައި އެއްގަމާއި ކަނޑުގެ މަގުން އިސްކަންދަރިއްޔާ ދިފާއުކުރުމަށް އެތައްކަމެއް ކުރެވުނެވެ. މިގޮތުން ކޯއްޓޭތަކާއި، ފާރުތައް ހެދުނެވެ. އަދި އިސްކަންދަރިއްޔާގެ އިމާރާތްތައް ބިނާކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

- މުސްލިމުން މިސްރު ފަތަހަކުރުމުގެ ކުރިން އިސްކަންދަރިއްޔާ އަކީ ރޯމަނުންނާއި، ގްރީކު ޘަޤާފަތުގެ އެންމެ ބޮޑު އެއްމަރުކަޒެވެ.

- އިސްކަންދަރިއްޔާގައި ހުރި އާޘާރުތަކުގެ ތެރޭގައި އެކި ދުވަސްވަރު ބިނާކުރެވިފައިވާ މަދަރުސާތަކާއި، ދޮރާށިތަކާއި، ޓަވަރުތަކާއި، މިސްކިތްތަކާއި ، ގަނޑުވަރުތައް ހިމެނެއެވެ.