ޙުސްނުއްސުޢޫދު
ޙުސްނުއްސުޢޫދު | |
|---|---|
ޙުސްނުއްސުޢޫދު، 2024 | |
| ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު | |
މަޤާމުގައި 8 ޑިސެންބަރު 2019 – 4 މާރިޗު 2025 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ފަހުން ވަޑައިގަތީ | |
| ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބު | |
މަޤާމުގައި 7 ޖުލައި 2010 – 8 އޮގަސްޓު 2010 | |
| ރައީސް | މުޙައްމަދު ނަޝީދު |
| ކުރިން ހުންނެވީ | ހަމަ ޙުސްނުއްސުޢޫދު |
| ފަހުން ވަޑައިގަތީ | ޢަބްދުﷲ މުޢިއްޒު |
މަޤާމުގައި 2 ޖޫން 2009 – 29 ޖޫން 2010 | |
| ރައީސް | މުޙައްމަދު ނަޝީދު |
| ކުރިން ހުންނެވީ | ފާޠިމަތު ދިޔާނާ ސަޢީދު |
| ފަހުން ވަޑައިގަތީ | ހަމަ ޙުސްނުއްސުޢޫދު |
| އުފަންވީ | 12 ޖެނުއަރީ 1967 މީދޫ (އައްޑުއަތޮޅު)، ދިވެހިރާއްޖެ |
| މަތީތަޢުލީމު | އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑް |
12 ޖަނަވަރީ 1967 ގައި ސ. މީދޫއަށް އުފަންވެވަޑައިގެންނެވި އޮނަރަބްލް އަލްއުސްތާޛު ޙުސްނުއްސުޢޫދު ފުރަތަމަ ޑިގްރީ އެލް.އެލް.ބީ (އޮނަރސް) ޙާޞިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި 2002ވަނަ އަހަރު އެ މަނިކުފާނު ވަނީ އޮސްޓްރޭލިއާގެ ދަ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑް އިން އެލް.އެލް.އެމް (މާސްޓަރ އޮފް ލޯސް) ޙާޞިލުކުރައްވައިފައެވެ. ޙުސްނުއްސުޢޫދު އެންމެ ބޮޑަށް ފާހަގަވެގެންދަނީ ޤާނޫނީ ދާއިރާއިންނެވެ.
އަލްއުސްތާޛު ޙުސްނުއްސުޢޫދު ވަނީ، ތަފާތު އެތައް ޤާނޫނެއްގެ ދެލިކޮޕީ އެކުލަވައިލައްވާފައެވެ. މީގެތެރެއިން، ޢާއިލާއާ ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނާއި، ޓީ.ޖީ.އެސް.ޓީ. ޤާނޫނު ފާހަގަކޮށްލެވެއެވެ.
ޤާނޫނީ ދާއިރާއިން މީހުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޙުސްނުއްސުޢޫދު އަދާކުރައްވައިފައިވާ ދައުރަކީ ވެސް ފާހަގަކޮށްލެވޭ ދައުރެކެވެ. މިގޮތުން، އޭރުގެ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސުން ފޮނުއްވަމުން ގެންދެވި އެކި ޕްރޮގްރާމްތަކުގައި ޙުސްނުއް ސުޢޫދު ހިލޭ ސާބަހަށް ބައިވެރިވެވަޑައިގެންދެއްވައިފައިވެއެވެ. އަދި 1996ވަނަ އަހަރުން ފެށިގެން 1999ވަނަ އަހަރުގެ ނިޔަލަށް މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގައި ހިލޭ ސާބަހަށް ޤާނޫނީ ޢިލްމު ކިޔަވައިދެއްވައިފައިވެއެވެ. އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަން ކުރެއްވި އިރު، އެ މަނިކުފާނަށް ޤާނޫނީ ލަފާ ދެއްވައި، ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކޮށްދެއްވައި، މަޖިލީހަށް ހުށަހެޅުއްވި ބައެއް ބިލުތައް، ހިލޭ ސާބަހަށް ތައްޔާރުކޮށްދެއްވައިފައިވެއެވެ.
2003ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގައި މިނިވަން މުސްތަޤިއްލު ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވުމުގެ ޚިޔާލު، އެ މަނިކުފާނަށް އަރުވައި، އެފަދަ މުއައްސަސާއެއް އުފެއްދުމަށް ޤާނޫނެއްގެ ދެލިކޮޕީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޙުސްނުއްސުޢޫދު ފޮނުއްވިއެވެ. އަދި އެ ދެލިކޮޕީއަކީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤަވާޢިދުކަމަށް ކަނޑައަޅުއްވައި، 2003 ޑިސެންބަރު 10ވަނަ ދުވަހު، އާދެ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަހު، ސަރުކާރުން ފުރަތަމަފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަން އުފެއްދެވިއެވެ. ޙުސްނުއްސުޢޫދު ހުށަހެޅުއްވި ދެލިކޮޕީ ވެގެންދިޔައީ، މިހާރު ޢަމަލުކުރަމުންގެންދާ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ ބިންގާ ކަމުގައެވެ.
2000ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި އަދި މިހާރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއާއި، ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއާއި، ވިލާ ކޮލެޖްގައި ޙުސްނުއްސުޢޫދު، ޤާނޫނު ކިޔަވައިދެއްވައިފައިވެއެވެ.
ޤާނޫނީ ދާއިރާއިން ފުޅާ ދާއިރާއެއްގައި ޚިދުމަތްކުރެއްވުމަށް ޓަކައި، ޙުސްނުއް ސުޢޫދު ވަނީ، "ސުޢޫދު އަންވަރު އެންޑް ކޯ"ގެ ނަމުގައި ލޯ ފާރމެއް އުފައްދަވާފައެވެ. މި ލޯ ފާރމަކީ، 1994ވަނަ އަހަރުން ފެށިގެން ޙުސްނުއްސުޢޫދު ބައިވެރިވެވަޑައިގެން ހިންގަވާ ލޯ ފާރމެކެވެ.
2019 ޑިސެންބަރު 8 އިން ފެށިގެން 2025 މާރިޗު 4ވަނަ ދުވަހުގެ ނިޔަލަށް ޙުސްނުއްސުޢޫދު ހުންނެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އަދި 2024 ފެބުރުވަރީ 15 އިން ފެށިގެން 2025 މާރިޗު 4ވަނަ ދުވަހުގެ ނިޔަލަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވައިފައިވެއެވެ.
އަލްއުސްތާޛު ޙުސްނުއްސުޢޫދަށް 2011ވަނަ އަހަރު ވަނީ ޤާނޫނީ ދާއިރާއިން؛ ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ޤާނޫނީ ލަފާ ދިނުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.
ޙުސޙުސްނުއް ސުޢޫދު ފުރުއްވާފައިވާ އިސްމަޤާމްތަކުގެ ތެރޭގައި؛
[އުނިއިތުރު ގެންނަވާ]- 2024 އިން 2025 އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން.
- 2019 އިން 2025 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން.
- 2018 އިން 2019 އަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަންގެ ޗެއަރމަންކަން.
- 2011 އިން 2019 އަށް މޯލްޑިވްސް ލޯ ރިވިއުގެ ޕްރިންސިޕަލް އެޑިޓަރުކަން.
- 2011 އިން 2019 އަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސްކަން.
- 2013 އިން 2014 އަށް މޯލްޑިވްސް ބަރ އެސޯސިއޭޝަންގެ ރައީސްކަން.
- 2009 އިން 2010 އަށް ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބުކަން.
- 2009 އިން 2010 އަށް ދަ ލޯ ކޮމިޝަން އޮފް މޯލްޑިވްސްގެ ޗެއަރމަންކަން.
- 2009 އިން 2010 އަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަން.
- 2009 އިން 2010 އަށް ކްލެމެންސީ ބޯޑްގެ ރައީސްކަން.
- 2005 އިން 2008 އަށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޑްރާފްޓްކޮށް އެކުލަވާލުމަށް އުފެއްދި ޚާއްސަ މަޖިލީހުގެ އައްޑޫ ދާއިރާގެ މެމްބަރުކަން.
- 2003 އިން 2005 އަށް ދިވެހިރާއްޖޭގެ ފުރަތަމް ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުކަން.
- 1997 އިން 1999 އަށް ސިވިލް ކޯޓުގެ އިސް ޤާޟީކަން.
- 1994 އިން 1997 އަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ސްޓޭޓް އެޓަރނީކަން.
- 1989 ބަންޑާރަ ނާއިބުގެ އެހީތެރިޔާ.
- 1987 އިން 1989 އަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އޮފިސަރ (ޓްރެއިނީ).
ޙުސްނުއްސުޢޫދު ބައިވެރިވެ ވަޑައިގެންފައިވާ ޓްރެއިނިންގ ޕޮރޮގްރާމް ތަކުގެ ތެރޭގައި؛
[އުނިއިތުރު ގެންނަވާ]- 1998 ވަނަ އަހަރު މިނިސްޓްރީ އޮފް ޖަސްޓިސް އިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ބޭއްވުނު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްރީން ޕޮރޮގްރާމް.
- 1996 ވަނަ އަހަރު ސިންގަޕޯރ އޭވިއޭޝަން އެކަޑެމީއިން ސިންގަޕޫރުގައި ހިންގި "ސެޓްފިކެޓް އިން އެއަރ ލޯ" ތަމްރީން ޕްރޮގްރާމް.
- 1995 ގައި ފްރާންސްގެ ސްޓްރަސްބޯގް ގައި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް އިން ބޭއްވި "ސެޓްފިކެޓް އިން ހިއުމަން ރައިޓްސް ލޯ" ތަމްރީން ޕްރޮގްރާމް.
ޙުސްނުއްސުޢޫދު ލިޔުއްވާފައިވާ ފޮތްތައް؛
[އުނިއިތުރު ގެންނަވާ]- ދިވެހި ޤާނޫނީ ރަދީފު، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2019
- އިސްލާމީ ޝަރީޢާގައި ތަރިކަ މުދާ ބެހުން، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2018
- ޑްރާފްޓިންގ ކޮމަރޝަލް ކޮންޓްރެކްޓްސް، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2018
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ތަރުތީބު، މޯލްޑީވްސް ލޯ އިންސްޓިޓިއުޓް، 2017
- ދިވެހިބަސް ތާނައިން ލިޔުމުގެ ޤަވައިދު، ދިވެހި ރިސަރޗް ސެންޓަރ، 2017
- ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ދެނެގަތުން، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2016
- މޮޑެލް ސިވިލް ޕްރޮސީޖަރ، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2015
- ޤާނޫނާއި މުޖުތަމަޢު، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2014
- ދަ މޯލްޑިވިއަން ލީގަލް ސިސްޓަމް، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް 2014
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ދެނެގަތުން، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް، 2009
- ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް، ލޯމާފާނު ޕްރިންޓަރސް އެންޑް ޕަބްލިޝާސް، 2007
- އަހަރެމެންގެ ރާއްޖެ - އަހަރެމެންގެ ޙައްޤުތައް، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް، 2005
- ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތައް - ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް، 2004
ޙުސްނުއްސުޢޫދު ލިޔުއްވާފައިވާ ޢިލްމީ ބައެއް ލިޔުންތައް؛
[އުނިއިތުރު ގެންނަވާ]- ޓޯޗަރ: އަ ހޯލް މަރކް އޮފް މޯލްޑިވްސް ކްރިމިނަލް ޖަސްޓިސް ސިސްޓަމް، އޮންލައިން ކޮށް ކިޔުއްވޭނީ http://www.minivannews.com/news/news.php?id=1353
- އެބިއުސް އިން ޖެއިލް އިޒް އަ މޭޖަރ ކްރައިމް، އޮންލައިންކޮށް ކިޔުއްވޭނީ
- http://minvanradio.com/adduvas/torture_in_maldives_250420052.htm
- އެޗް.އައި.ވީ/އެއިޑްސް ލޯ އެންޑް ރިފޯރމް އިން ދަ މޯލްޑިވްސް، އެޗް.އައި.ވީ ލޯ އެންޑް ރިފޯރމް-އޭޝިއާ އެންޑް ދަ ޕެސިފިކް، އެޑިޓްކުރީ ޑީ.ސީ ޖަޔާސުރިޔާ، 1995، ހަރ-އާނަންދް ޕަބްލިކޭޝަންސް، ނިއު ދިއްލީ،235.
- "ނިއު ޑައިރެކްޝަންސް ފޯ އަލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އިން މޯލްޑިވްސް"، ސާކް ލޯ އެންޑް ދަ ގަވަރމެންޓް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބަނޑޮސް އައިލެންޑް ރިޒޯޓްގައި ހިންގި "ސާކް ލޯ ސެމިނަރ އޮން އޮލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އެންޑް ލީގަލް އެޑިއުކޭޝަން" 1996،ގައި ބޭނުންކުރެވުމަށް ހުށައެޅުނު ލިޔުމެއް.
- ސްރީލަންކާގެ ކޮލަމްބޯގައި 1997 ވަނަ އަހަރުގެ ޖުލައި 3 އިން 6 އަށް ބޭއްވުނު "ޑިވެލޮޕްމެންޓް އޮފް އެންވަޔަރަންމަންޓަލް ލޯ އިން ސައުތް އޭޝިއާ" ވޯރކްޝޮޕްގައި ބޭނުންކުރެވުމަށް ހުށައެޅުނު "ދަ ޑިވެލޮޕްމެންޓް އޮފް އެންވަޔަރަންމަންޓަލް ލޯ އިން މޯލްޑިވްސް".
- ދަ އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އެމިނެންޓް ޕެނަލް އޮން ޓެރަރިޒަމް އަށް ހުށައެޅުނު ސަބްމިޝަން، 2007، އޮންލައިން ކޮށް ކިޔުއްވޭނީ http://www.dhivehiobserver.com/pressreleases/MCHR/mchrd_ICJ_28022007_submission.pdf
- ރެޕިއުޑިއޭޝަން އޮފް ކޮންޓްރެކްޓް އަންޑަރ މޯލްޑިވިއަން ލޯ - Maldives Law Review, 2012 Volume 1, 5
- ޑޮކްޓްރީން އޮފް އެސްޓޮޕެލް އަންޑަރ މޯލްޑިވިއަން ކޮންޓްރެކްޓް ލޯ - Maldives Law Review, 2012 Volume 1, 20
- ދިވެހިރާއްޖޭގައި ބިން ރަޖިސްޓަރީ ކުރުމާއި އެކަމުގެ ޤާނޫނީ ނަތީޖާ - Maldives Law Review, 2012 Volume 1, 40
- ކުށް ސާބިތުކުރުމުގައި ޝަރީއަތުގެ މަޖިލީހުން ބޭރުގައި ވާ އިޢުތިރާފުގެ ބުރަދަން ، Maldives Law Review, 2013 Volume 1, 66
- ދަޢުވާ ކުރާ ފަރާތުގެ "ނިއުކްލިއަރ ހަތިޔާރު" – ފްރީޒިންއޯޑަރ، Maldives Law Review, 2013 Volume 3, 66
- ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުން، Maldives Law Review, 2014 Volume 1, 38
- ފަޅު ކުއްޔަށް ދޫކުރުމާއި ބިން ހިއްކުން، Maldives Law Review, 2017 Volume 1, 21
- އިންވޮއިސްގައި ބަޔާންކުރާ ޖުރިމާނާގެ މައްސަލަ ގާނޫނީ ގޮތުން ހަމަމަގު ކުރަންޖެހޭ، Maldives Law Review, 2017 Volume 2, 34
- ޕްރިވިޓީ އޮފް ކޮންޓްރެކްޓް އަދި ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް - Maldives Law Review, 2017 Volume 2, 31
މަރުޖިޢު
[އުނިއިތުރު ގެންނަވާ]https://web.archive.org/web/20240919205630/https://supremecourt.mv/justicedetails/mv-justice-suood