ޙުސައިން މުޙައްމަދު ލަޠީފް
ޙުސައިން މުޙައްމަދު ލަޠީފް | |
|---|---|
ޙުސައިން މުޙައްމަދު ލަޠީފް، 2024 | |
| ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު | |
މަޤާމާ ހަވާލުވެވަޑައިގަތީ 17 ނޮވެންބަރު 2023 | |
| ރައީސް | މުޙައްމަދު މުޢިއްޒު |
| ކުރިން ހުންނެވީ | ފައިޞަލް ނަސީމް |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 28 މޭ 2014 – 16 ނޮވެންބަރު 2023 | |
| ކުރިން ހުންނެވީ | އިބްރާހީމް މުއްޠަލިބު |
| ފަހުން ވަޑައިގަތީ | އަޝްރަފް ރަޝީދު |
| ދާއިރާ | ފަރެސްމާތޮޑާ (ގދ. އަތޮޅު) |
| ސިޔާސީ ޕާޓީ | ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (2023އިން ފެށިގެން) |
| އެހެނިހެން ސިޔާސީ ގުޅުންތައް | ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (2019 - 2023) |
| އަނބި ނުވަތަ ފިރި | ޢާއިޝަތު އަފްރީން |
| ދަރިން | 2 |
| ތަޢުލީމް | އަލްއަޒުހަރު ޔުނިވަރސިޓީ، އަންގްލިއާ ރަސްކިން ޔުނިވަރސިޓީ |
| ސޮއި | |
ޙުސައިން މުޙައްމަދު ލަޠީފް (އިނގިރޭސި: Hussain Mohamed Latheef) އަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ.
ތަޢުލީމު
[އުނިއިތުރު ގެންނަވާ]ޙުސައިން މުޙައްމަދު ލަޠީފް ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި، ސޯޝަލް ސަރވިސް އެންޑް ކޮމިޔުނިޓީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ. މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ އަންގްލިއާ ރަސްކިން ޔުނިވަރސިޓީގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
ޚިދުމަތުގެ ދާއިރާ
[އުނިއިތުރު ގެންނަވާ]ސަރުކާރުގެ ޚިދުމަތް ޙުސައިން މުޙައްމަދު ލަޠީފް ފެށްޓެވީ 2004ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ހުޅުމާލޭ ހޮސްޕިޓަލްގެ ސެކްރެޓަރީގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ގައި، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައިވެސް އެމަނިކުފާނު މަސައްކަތްކުރައްވައިފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤާމު އެމަނިކުފާނު ވަނީ އަދާކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 9 އަހަރު ޚިދުމަތްކުރައްވައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމާ ހަމަޔަށް ވެސް އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަމުގެ މަޤާމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން
[އުނިއިތުރު ގެންނަވާ]ޙުސައިން މުޙައްމަދު ލަޠީފަކީ 2008 ގެ ފަހަށް ދިވެހިރާއްޖޭގެ ނާއިބު ރައީސްކަން ކުރައްވާ ހަތްވަނަ ނާއިބު ރައީސެވެ. އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ޤާނޫނީ ހުވާކުރެއްވީ 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އޮތް ހުވާކުރުމުގެ ދަރުބާރުގައެވެ.
| ކުރިން ހުންނެވީ: | ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
2023އިން ފެށިގެން |