ޙުސައިން އަފީފް (ބަގީޗާގެ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބަގީޗާގޭ ޙުސައިން އަފީފް އަކީ އަލްޤާޟީ މުޙައްމަދު ސަޢީދު އިބްނި ޙުސައިން ޞަލާހުއްދީންގެ ދަރިކަލެކެވެ. ޙުސައިން ޢަފީފް ތައުލީމް ޙާޞިލްކުރެއްވީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުންނެވެ. މިއީ މަޖީދިއްޔާ ސުކޫލްގެ މުސްކުޅި ދަރިވަރެކެވެ. ޢަރަބި، އުރުދޫ، އިގިރޭސި ރަގަޅަށް ދެނެލައްވައެވެ. ގުރުއާން، މައުލޫދު، ޚުޠުބާ ވަރަށް ރީތިކޮށް ވިދާޅުވެއެވެ. ދަރަވަންދޫގޭ ޕާޓީގައި ލަވަ ވެސް ވިދާޅުވި އެވެ.

މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 7 މެއި 1942 – ހެންވޭރު ޚަޠީބުކަން
  • 22 އޮކްޓޯބަރު 1942 – މާފަންނު އަވަށުވެރިޔާގެ ގާއިމް މަގާމްކަން
  • 6 މާރޗް 1943 – ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހއ. ކެލާގައި ހުންނެވި ދައުލަތުގެ ވަކީލުކަން
  • 1 ޑިސެމްބަރު 1944 – މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން
  • 2 ޑިސެމްބަރު 1944 – މަދަރުސަތުއް ސަނިއްޔާގެ ހެލެބެލިބައިގެ މުރުޝިދުކަން
  • 29 ޖުލައި 1946 – ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑު އަތޮޅުގައި ހުރި ދައުލަތުގެ ވަކީލްކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އާމިނަތު އަފީފް
  • ސަކީނާ އަފީފް
  • އަފީފާ އަފީފް
  • މުންޔާ އަފީފް

ޙުސައިން އަފީފް އަވަހާރަވީ 18 އޮގަސްޓް 1946 ގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006