Jump to content

ޙަޔާތުނާމާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މި ބަސް ނެގިފައި ވަނީ ޢަރަބި ލަފްޒެއްކަމުގައިވާ ޙަޔާތު މިބަހާއި އުރުދޫ ލަފްޒެއް ކަމުގައިވާ ނާމާ މި ބަހުންނެވެ. އެހެން ކަމުން ޙަޔާތުނާމާ އަކީ މުހިއްމު މީހެއްގެ ޙަޔާތުގެ އަގުހުރި ލަމްޙާތަކާ މެދު ލިޔެވިފައިވާ ލިޔުންތަކާއި ހެދިފައިވާ ފިލްމުތަކެވެ. ޙަޔާތު ނާމާ އަކީ މީހެއްގެ ދިރިއުޅުން ނުވަތަ ޙަޔާތުގެ ކަންތައްތައް ހިނގާފައިވާ ގޮތް ނުވަތަ ހިނގަމުންދާ ގޮތް ބަޔާންކޮށް މަޒުމޫނެއްގެ ސިފައިގައި ނުވަތަ ފޮތެއްގެ ސިފައިގައި ލިޔާލިޔުމެކެވެ. އިގިރޭސި ބަހުގައި ޙަޔާތު ނާމާ އަށް ބޭނުންކުރެވޭ ބަޔޯގްރަފީ މިބަސް ނެގިފައިވަނީ ގްރީކް ބަހުންނެވެ. ބަޔޯ މިލަފުޒުގެ މާނަ އަކީ ދިރިއުޅުން ނުވަތަ ޙަޔާތް އެވެ. ގްރަފީ މިބަހުގެ މާނައަކީ ލިޔުން މިއެވެ. އެހެން ކަމުން ބަޔޯގްރަފީ އަކީ މީހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައި އޮންނަ ލިޔުމެކެވެ.

މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.