ޙަލަބު ( ސޫރިޔާ )

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސޫރިޔާގެ ބޮޑެތި ރަށްތަކުގެ ތެރޭގައި ގުނާލެވޭ ޙަލަބު އޮންނަނީ ސޫރިޔާގެ އުތުރުގައެވެ. މިރަށަށް އައް ޝުހަބާއު އޭ ވެސް ކިޔައެވެ.

- މީލާދީގެ ކުރިން ޔަމުހާދު ދަރިކޮޅުގެ ރަސްކަމުގައި ވެރިރަށެއްގެ ގޮތުގައި ޙަލަބު ބޭނުންކުރެވުނެވެ. އެއަށް ފަހު އައި އެކި ދައުލަތްތަކުގެ ބާރުގެ ދަށުގައި ޙަލަބު ދެމިއޮތެވެ. މިގޮތުން އާޝޫރީންނާއި، ގްރީކުންނާއި، ރޯމަނުން އަދި ފާރިސީންގެ ބާރުގެ ދަށަށް ޙަލަބު ގޮސްފައިވެއެވެ.

- މުސްލިމުން ޙަލަބު ފަތަހަކުރީ މީލާދީން 637 ވަނަ އަހަރުގައެވެ.

- މީލާދީން 944ވަނަ އަހަރު ޙަމްދާނީންގެ ވެރިރަށުގެ ގޮތުގައި ޙަލަބު ހަމަޖެއްސިއެވެ. އެއަށްފަހު މީލާދީން 962ވަނަ އަހަރު ބީޒަންޠީން ޙަލަބު އަޅުވެތިކުރިއެވެ.

- މީލާދީން 1260ވަނަ އަހަރު ޢައިނު ޖާލޫތު ހަގުރާމައިގައި މަމާލިކުން ޙަލަބު އަޅުވެތިކުރިއެވެ.

- މީލާދީން 1516ވަނަ އަހަރުން ފެށިގެން 1918ވަނަ އަހަރާއި ހަމައަށް ޙަލަބު އޮތީ އުޘްމާނީންގެ ބާރުގެ ދަށުގައެވެ. 1918ވަނަ އަހަރު ފްރާންސް ޙަލަބު އަޅުވެތިކުރުމަށް ފަހު ސީރިޔާ މިނިވަންކަން އިޢުލާން ކުރަންދެން ޙަލަބު އޮތީ ފްރާންސްގެ ބާރުގެ ދަށުގައެވެ. ސީރިޔާ އިން މިނިވަންކަން އިޢުލާން ކުރީ 1946ވަނަ އަހަރުގެ ތެރޭގައެވެ.

- ޙަލަބުގައިވާ މުހިއްމު އާޘާރުތަކުގެ ތެރޭގައި ޙަލަބު ސިޓަޑެލްއާއި، ބައެއް މިސްކިތްތައް ހިމެނެއެވެ.