ޗިޗަންޑާ
Jump to navigation
Jump to search
ޗިޗަންޑާ(އިނގިރޭސި ބަހުން: Trichosanthes cucumerina)ނުވަތަ (އިނގިރޭސި ބަހުން: snake gourd) ދިވެހިންގެ ކެއުމުގެ ތެރޭގައި ވަރަށް މަދުން ނަމަވެސް ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. މިއީ ވެލެއްގައި އަޅާ ތަރުކާރީ އެކެވެ. ޗިޗަންޑާ އަށް ކިޔާ އެހެންނަން ތަކުގެ ތެރޭގައި (އިނގިރޭސި ބަހުން: chichinga)، (އިނގިރޭސި ބަހުން: serpent gourd) ފަދަ ނަންތައް ހިމެނެއެވެ. ޢާންމު ގޮތެއްގައި ޗިޗަންޑާ ދިގުވެގެން ގޮސް 150 ސެންޓި މީޓަރުގެ ދިގުމިނަށް ވެސް ދެމިގެންދެއެވެ. ޗިޗަންޑާ ކެއުމުގެ ގޮތުގައި އާންމު ކޮށް ބޭނުންކުރަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ މީހުންނެވެ.
ދިވެހި ބަހުން ޗިޗަންޑާ ނެގިފައިވަނީ ޗިޗިންގާ އިން ކަމަށް ލަފާ ކުރެވެއެވެ.