ޖީ-ވަޅު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޖީ-ސްޕޮޓް ނުވަތަ ގްރަފެންބާރގް ސްޕޮޓް އަކީ އަންހެނުންގެ ޅިނދު ކަށިގަނޑު ގެ ފަހަތުގައި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ތަންކޮޅެކެވެ. މިތަނަށް ވާޞިލްވެވޭނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ކުރިމަތީ ފާރުންނެވެ. ބުނެވޭ ގޮތުގައި ޖީ-ސްޕޮޓް ހީވާގިކޮށް މުރާލިކުރުމަކީ އަންހެނުންނަށް ޖިންސީ އެދުންވެރިކަން އޭގެ އެންމެ މައްޗަށް ގެންގޮސްދޭ ކަމެކެވެ.

ޖީ-ސްޕޮޓް މިނަން ދެވިފައިވަނީ ޖަރުމަނުގެ އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްކަމަށްވާ އާނެސްޓް ގްރަފެންބާރގް ގެ ނަމާ ގުޅުވައިގެންނެވެ. 1950 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީ-ސްޕޮޓް އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ތަންކޮޅެއްކަން ހޯއްދެވީ މިބުނި ޑޮކްޓަރެވެ