ޖިންސީ އެދުންވެރިކަން ދަށްވުން (ފިރިހެނުން)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޖިންސީ އެދުންވެރިކަމުގެ ވާހަކަ އަކީ ގިނަ މީހުން ދައްކަން ބޭނުންވާނެ ވާހަކަ އެއް ނޫނެވެ. މައްސަލަ އެއް ހުއްޓަސް އެމައްސަލަ އެއް ޑޮކްޓަރު ގާތުގައި ބުނުމަށް ވެސް ގިނަ މީހުން ފަސްޖެހެއެވެ. އެއީ ޖިންސީ ޣަރީޒާ އާއި ގުޅޭ ވާހަކަތައް އާންމުކޮށް ދެއްކުމަކީ ގިނަ މީހުންގެ ތަބީޢަތާއި ދުރުކަމަކަށް ވާތީ އެވެ. ބައެއް ޞިއްޙީ މާހިރުން ބުނާގޮތުގައި ޖިންސީ އެދުންވެރިކަން ދަށްވުމުގެ ޝަކުވާ އަކީ އެންމެ ގިނަ ދެމަފިރިންގެ ދެމެދުގައި އަރާރުންވެ، ދެބަސްވާން ޖެހޭ މައްސަލަ އަށް އޮންނަނީ ވެފައެވެ. އަދި އެކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި، ދެމަފިރިން ވަކިވާންޖެހުމަކީ ވެސް މަދުން ނަމަވެސް ހިނގާ ކަންކަމެވެ. ޖިންސީ އެދުންވެރިކަން އެކި މީހުންނަށް ހުންނާނީ އެކިވަރަށެވެ. ބައެއް މީހުންގެ ޖިންސީ އެދުންވެރިކަން އާދައިގެ ވަރެއްގައި ހުންނައިރު އަނެއް ބައި މީހުންގެ ޖިންސީ އެދުންވެރިކަން އާދަޔާ ޚިލާފަށް މަތިކަން ފާހަގަ ކުރެވެއެވެ. އަނެއްކޮޅުން ޖިންސީ އެދުންވެރިކަމާއި، ޝައުގުވެރިކަން ވަރަށްކުޑަ މީހުން ވެސް ތިބެއެވެ. މިފަދަ މީހުންނަކީ "ހައިޕޯއެކްޓިވް ސެކްސުއަލް ޑިޒަޔަރ ޑިސްއޯޑަރ" ނުވަތަ " ޖިންސީއެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަވާ ބަލި" ހުންނަ މީހުންނެވެ. އުމުރުން ދުވަސްވާރަކަށް ނިސްބަތުން ޖިންސީ އެދުންވެރިކަން ކުޑަވަމުން ދިއުމަކީ ވެދާނެ ގޮތެކެވެ.


ޖިންސީ އެދުންވެރިކަން އެކި މީހުންނަށް ހުންނާނީ އެކިވަރަށެވެ. ބައެއް މީހުންގެ ޖިންސީ އެދުންވެރިކަން އާދައިގެ ވަރެއްގައި ހުންނައިރު އަނެއް ބައި މީހުންގެ ޖިންސީ އެދުންވެރިކަން އާދަޔާ ޚިލާފަށް މަތިކަން ފާހަގަ ކުރެވެއެވެ. އަނެއްކޮޅުން ޖިންސީ އެދުންވެރިކަމާއި، ޝައުގުވެރިކަން ވަރަށްކުޑަ މީހުން ވެސް ތިބެއެވެ. މިފަދަ މީހުންނަކީ "ހައިޕޯއެކްޓިވް ސެކްސުއަލް ޑިޒަޔަރ ޑިސްއޯޑަރ" ނުވަތަ " ޖިންސީއެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަވާ ބަލި" ހުންނަ މީހުންނެވެ. އުމުރުން ދުވަސްވާރަކަށް ނިސްބަތުން ޖިންސީ އެދުންވެރިކަން ކުޑަވަމުން ދިއުމަކީ ވެދާނެ ގޮތެކެވެ. ޖިންސީ އެދުންވެރިކަމާއި ޝައުގުވެރިކަން ނުހުރުމަކީ އަންހެނުންނާއި އަޅާކިޔާއިރު، ފިރިހެނުންނަށް އެހާ އާންމު ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންގެ ތެރެއިން % 16- 15 މީހުންނަކީ ޖިންސީ އެދުންވެރިކަމާއި ޝައުގުވެރިކަން ދަށް މީހުންނެވެ. ބައެއް ދިރާސާތައް ބުނާގޮތުން ފިރިހެނުންގެ ތެރެއިން ކޮންމެ 5 މީހުންގެ ތެރެއިން އެކަކަށް ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތި ވެއެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް ޖިންސީ އެދުންވެރިކަން ކުޑަވުމުގެ މައްސަލަ ކުރިމަތިވާ މިންވަރު މަތިވި ނަމަވެސް، ފިރިހެނުންނަށް ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތިވުމަކީ މާބޮޑަށް ކަންބޮޑުވެ ފިކުރުބޮޑުވާ ކަމަކަށް އޮންނަނީ ވެފައެވެ. މިހެންވަނީ ގިނަ ފަހަރު ފިރިހެނުންގެ ފިރިހެންވަންތަކަން ދައްކައިދޭ މަސްދަރަކަށް ޖިންސީބާރާއި، ޖިންސީ ފޯރުންތެރިކަން ވެފައި ވުމެވެ. އެހެންކަމުން ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ކުޑަވުމަކީ އެމީހުންނަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާކަމަކަށް އޮންނަނީ ވެފައެވެ. ފިރިހެނާގެ ޖިންސީ އެދުންވެރިކަން ދަށްވުމަށް ކަނޑައެޅިގެން ވަކި އުމުރެއް ނުވެއެވެ. ނަމަވެސް އާންމު ގޮތެއްގައި އުމުރުން ދުވަސްވުމުން މީހާގެ ޖިންސީ އެދުންވެރިކަން ކުޑަވާގޮތް ވެއެވެ. އެއީ އުމުރުން ދުވަސްވުމުން ހަށިގަނޑުގައި އެކުލެވޭ ފިރިހެން ޖިންސީ ހޯރމޯންގެ މިންވަރު ދަށްވާތީ އެވެ. ހަމަމިހެން އުމުރުން ދުވަސްވުމުން ކުރިމަތިވާ ބައެއް ބަލިތަކުގެ ސަބަބުން ވެސް މިހޯރމޯންގެ މިންވަރު ހަށިގަނޑުގައި ދަށްވާގޮތް ވެއެވެ. މިސާލަކަށް ލޭމައްޗަށް ދިއުން، ހަކުރުބަލި އަދި ލޭހޮޅިތައް ގަނޑުވުން ފަދަ ބަލިތަކެވެ. މިޒަމާނުގައި އުފައްދާފައިވާ އަދަވާތްތައް ބޭނުންކޮށްގެން އުމުރުން ދުވަސްވެފައިވީ ނަމަވެސް ފިރިހެނާއަށް އޭނާގެ ޖިންސީ ކުޅަދާނަކަން ރައްކާތެރި ކަންމަތީ ދެމެހެއްޓިދާނެއެވެ. ދަރިން ލިބުމުގެ ގާބިލިއްޔަތު ވެސް ވަރަށް ދިގުމުއްދަތެއް ވަންދެން ބައެއްމީހުންނަށް ލިބިފައި ހުރެއެވެ. 80ވުރެ މައްޗަށް ދިޔަނަމަވެސް ބައެއް މީހުންނަށް ދަރިން ލިބުމުގެ ގާބިލިއްޔަތު ލިބިފައި ހުރެއެވެ.