ޖަބުރޯލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޖަބުރޯލް ކޯންޏެއް

ޖަބުރޯލް(އިނގިރޭސި ބަހުން: Syzygium samarangense)ނުވަތަ (އިނގިރޭސި ބަހުން: Wax apple) އަކީ މޭވާގެ ވައްތަރެކެވެ. ޖަބުރޯލް އަށް އިގިރޭސި ބަހުން ކިޔާ ތަފާތު ނަންތައް ވެއެވެ. އޭގެ ތެރޭގައި (އިނގިރޭސި ބަހުން: Montain apple), (އިނގިރޭސި ބަހުން: Rose apple), (އިނގިރޭސި ބަހުން: Java apple), (އިނގިރޭސި ބަހުން: Love apple) ފަދަ ނަންތައް ހިމެނެއެވެ. އާއްމު ގޮތެއްގައި ޖަބުރޯލް ކަނީ ހުހަށެވެ.

ޖަބުރޯލް ގަސް ގާތްގަނޑަކަށް 12 މީޓަރުގެ އުހަށް ހެދިފައި ހުންނަކަން ފާހަގަ ވެއެވެ. 25-10 ސެންޓި މީޓަރުގެ ދިގުމިން ހުރެއެވެ. ފަތުގެ ފުޅާ މިނުގައި 10-5 ސެންޓި މީޓަރު ހުރެއެވެ. މަލުގެ ވަށަމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ.