Jump to content

ޕެންޑްރެޑް ސިންޑްރޯމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޕެންޑްރެޑް ސިންޑްރޯމް (އިނގިރޭސި ބަހުން: Pendred Syndrome)އަކީ ވިރާސީ ގޮތުން ކުރިމަތިވާ މެޓަބޮލިކް ހާލަތެކެވެ. މިބަލި ޖެހުމުން، ބީރުވުން، އަދި އަޔޮޑިން ތައިރޮއިޑް ހޯރމޯން އާއި ގުޅިލާމެހުމަށް ބުރޫއަރައެވެ. ނަތީޖާއެއްގެ ގޮތުން ތައިރޮއިޑް ގްލޭންޑް އާދަޔާ ޚިލާފަށް ބޮޑުވެއެވެ. އުފެދުމުގައި ބީރުވުން ކުރިމަތިކުރުވާ މައިގަނޑު ސަބަބަކީ ޕެންޑްރެޑް ސިންޑްރޯމް އެވެ. މިބަލިޖެހޭ ހުރިހާ މީހުންނަކަށް ހައިޕޯތައިރޮއިޑިޒަމްގެ އުދަގޫތައް މެދުވެރިއެއް ނުވެއެވެ. އަދި މިއީ ދިރިހުރުމުގެ މުއްދަތަށް އަސަރުފޯރުވާ ބައްޔެއްވެސް ނޫނެވެ.