ޕީސާގެ ޓަވަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕީސާގެ ޓަވަރު އަކީ އިޓަލީގެ ޕީސާގެ ކެތަޑްރަލް ސަރަހައްދުގައި ހުންނަ އެއްފަރާތަށް އަރިވެފައިވާ ޓަވަރެކެވެ. މިޓަވަރު އަރިކޮށް ހުންނަނީ ބިންގާ އަޅާފައިވާލެއް ދެރަކަމުން ކަމަށް ބުނެވެއެވެ. ޕީސާ ކެތަޑްރަލް ހަތަރު އަގޮޅީގައި ހިމެނޭ ތަންތަނުގެ ތެރެއިން 3 ވަނައަށް އެންމެ ދުވަސްވީ އޮނިގަނޑުގެ ގޮތުގައި ބެލެވެނީ މިޓަވަރު އެވެ. މިޓަވަރު ހުންނަނީ އިޓަލީގެ ޕީސާ ޕްރޮވިންސްގެ ޓިއުސްކެނީ ކިޔާ އަވަށުގައެވެ. މިތަން ބިނާކޮށްފައިވަނީ މީލާދީން 1173 ވަނަ އަހަރު ގައެވެ. ޕީސާ ޓަވަރުގެ އަރިވެފައިވާ ފަރާތުގެ އުސްމިނުގައި 55.86 މީޓަރު ހުރެއެވެ. އަދި 56.70 މީޓަރު ޓަވަރުގެ އުސްކޮށްވާ ފަރާތުގައި ހުރެއެވެ. ތިރިން ފުޅާ މިނުގައި 4.9 މީޓަރު ހުރެއެވެ. އަދި މަތިން ފުޅާ މިނުގައި 2.48 މީޓަރު ހުރެއެވެ.