ޔޯގަން ކްލިންސްމަން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޔޯގަން ކްލިންސްމަން އަކީ ޖަރުމަނުގައި އުފެދުނު މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ބަޠަލެކެވެ. 2006 ވަނަ އަހަރު ވޯލްޑްކަޕްގައި ކުޅޭ ޖަރުމަނު ޓީމުގެ ކޯޗަކީ ވެސް ކްލިންސްމަންއެވެ. އޭނާއަކީ 1990 ވަނަ އަހަރު ޗެންޕއަންކަން ހޯދި ޖަރުމަނު ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި ޔޫރޯ 96 ގެ ތަށި އުފުލާލި ޓީމުގެ ކެޕްޓަން ވެސްމެއެވެ. ކުޅުންތެރިއެއްގެ ގޮތުން ކްލިންސްމަނަކީ ޔޫރަޕްގެ ތަފާތު ކްލަބްތަކަށް ކުޅެފައިވާ މޮޅު ކުޅުންތެރިއެކެވެ. ޖަރުމަނުގެ ގައުމީ ޓީމާ ކްލިންސްމަން ހަވާލުވީ ޔޫރޯ 2004 ގައި ޖަރުމަނަށް ލިބުނު ނާކާމިޔާބަށް ފަހުގައެވެ.