ޓައިފޮއިޑް ހުން
Appearance
ޓައިފޮއިޑް ހުން(އިނގިރޭސި ބަހުން: Typhoid fever) އަކީ ސަލްމޮނެއްލާ ޓައިފި(އިނގިރޭސި ބަހުން: Salmonella typhi) ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ފެތުރޭ ބައްޔެކެވެ. ސަލްމޮނެއްލާ ޓައިފި ބެކްޓީރިޔާގައި ތަފާތު 3 އެންޓިޖެން އެއް އެކުލެވިގެން ވެއެވެ. ޓައިފޮއިޑް ހުން ފަތުރާ މަޞްދަރަކީ ޓައިފޮއިޑް ހުން ޖެހިފައިވާ ތިބޭމީހުންނާއި، އަދި ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ހަށިގަނޑުގައި ހުރި މީހުންނެވެ.
ބަލިޖެހޭ ގޮތްތައް
[އުނިއިތުރު ގެންނަވާ]- ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ސަލްމޮނެއްލާ ޓައިފި އާއި ތަޣައްޔަރުވެފައިވާ އަތް އަގަޔަށްލުން
- ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ސަލްމޮނެއްލާ ޓައިފި އާއި ތަޣައްޔަރުވެފައިވާ ހުރި ފެން ކިރު އަދި ކިރުން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުންކުރުން
- ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ ސަލްމޮނެއްލާ ޓައިފި އާއި ތަޣައްޔަރުވެފައިވާ މޭވާ ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުން
- މެހި ފަދަ ތަކެއްޗަކީ ޓައިފޮއިޑް ހުން ފެތުރުމުގައި މެކޭނިކަލް ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ސަބަބަކީ އެކަތިން އަނެކައްޗަށް ޓައިފޮއިޑް ހުން ޖައްސާ ބެކްޓީރިޔާ މެހިފަދަ ތަކެތީގެ އެހީގައި ވާޞިލްވާތީ އެވެ.