ޒާކިރު ނަޔަކު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ. ޒާކިރު ނައިކް އަކީ ޒާކިރު އަބްދުލް ކަރީމް ނައިކް އެވެ. އުފަންވީ މީލާދީން 1965 އަހަރުގެ 18 އޮކްޓޫބަރގައި އިންޑިޔާގެ މުންބާއީއަށެވެ. ޒާކިރު ނައިކް މަސްހޫރުވެފައިވަނީ އިސްލާމް ދީނާއި ގުޅޭ ގޮތުން އާންމު ތަންތާގައި ތަގްރީރުކުރާ މީހެއްގެ ގޮތުގައޔާއި އިސްލާމް ދީނާއި އެހެންދީންތަކާއި އަޅާކިޔާ ފޮތްތައް ލިޔާމީހެއްގެ ގޮތުގައެވެ. ޒާކިރު ނައިކަކީ ޔުނިވާސިޓީ އޮފް ބޮންބޭގެ ބެޗްލަރ އޮފް މެޑިސިން އެންޑް ސާޖަރީގެ ރޮގުން ފާސް ނަންގަވައިގެން ހުރި މެޑިކަލް ޑޮކްޓަރެކެވެ. އޭނާއަކީ އިންޑިޔާގައި އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ނަމުގައި ޖަމުއްޔާއެއް ހަދާ އުފެއްދި ފައުންޑަރެވެ. އަދި އެފައުންޑޭޝަންގެ ރައީސް އަކީވެސް ޒާކިރު ނައިކްއެވެ. އަދި އިންޑިޔާގެ ބޮންބޭއިން ހިލޭ ޓެލެކާސްޓުކުރާ ޓީވީ ޗެނަލެއްކަމުގައިވާ ޕީސް ޓީވީ އުފައްދާ ހިންގާ ހަދާ އަދި ޕީސްޓީވީގެ ވެރިއަކީ ވެސް ޒާކުރު ނައިކްއެވެ.


ބަޔޮގްރަފީ


ނައިކް އުފަންވީ މުންބާއީ އިންޑިޔާއަށެވެ. އައި ސީ އެސް ސީ އާއި ހަމައަށް ކިޔެވީ ބޮންބޭގައި ހުންނަ ސެންޓް ޕީޓާސް ހައިސުކޫލުގައެވެ. އޭގެ ފަހުން ކުރިސްޗަންދު ޗެއްލާރާމް ކޮލެޖްގައި ތައުލީމު ހާސިލްކުރިއެވެ. އޭގެ ފަހުން ޓިޕިވާލާ ނެޝަނަލް މެޑިލކަލް ކޮލެޖްގައި މެޑިކަލް ކިޔަވާ ނައިރި ހޮސްޕިޓަލް ގައި ޕްރެކްޓިލް ބައި ހެދުމަށް ފަހު ބޮންބޭ ޔުނިވާސިޓީން އެމްބީބީއެސް ފާސްދިނެވެ. 1991 ވަނަ އަހަރުން ފެށިގެން އިސްލާމީ ދައުވާގެ ކެމްޕޭނު ފަށައިގަތެވެ. ޒާކިރު ނައިކް ބަޔާންކުރާގޮތުން އިސްލާމީ ދައުވާ ފެށުނީ މަރުހޫމް އަހުމަދު ދީދާތުގެ ސަބަބުންނެވެ. ދިދާތަކީ އިސްލާމް ދީން ފެތުރުމާއި ދީނަށް ގޮވާލުމުގައި 40 އަހަރު ހޭދަކޮށޤފައިވާ އިސްލާމުންގެ މަތީގަދަރެއް ލިބިފައިވާ ފަރާތެކެވެ. ޒާކިރު ނައިން ބަޔާން ކުރާ ގޮތުގައި އޭނާގެ ދައުވާގެ މައިގަޑު މަޤްސަދަކީ އިސްލާމްދީނުގެ ޒުވާނުންނަށް ދީންކީ ކޮބައިކަން އަންގާދިނުމާއި އިސްލާމްދީނަކީ ބޯދާ އައުޓް ޑޭޓެޑް ދީނެއްކަން ދެކޭދެކުން ބަދަލުކޮށްލުމެވެ. އޭނާ ދެކޭގޮތުގައި ކޮންމެ މުސްލަމަކަށް ވެސް އިސްލަމްދީނާއި ގުޅޭގޮތުން ދައްކަ ބާތިލު ދޮގުވާހަކަތަކަށް ޖަވާބުދީ ދީނަކީ ކޮބައިކަން ބުނެދިނުމަކީ ވާޖިބެކެވެ.އަދި 2001 ވަނަ އަހަރު ސެޕްޓމްބަރ 11 ގައި އެމެރިކާއަށް ދިން ޓެރެރިސްޓް ހަމަލާއަށް ފަހު ހުޅަގުގެ މީޑިޔާ ތަކުން އިސްލާމް ދީނާއި ދެކޮޅަށް ޖައްސާ ފައިވާ މީޑިޔާ ކެމްޕޭނަށް އިސްލާމުން ތެދުވަން ވެއްޖެއެވެ. ޒާކިރު ނައިކް މަޝަހޫރުވުމުގައި ގުރުއާނާއި ހަދީސް ހިތުދަސްކޮށްފައި ހުންނަ ވަރާއި އެހެންދީން ތަކުގެ ފޮތްތަކުގެ ބައިތައް ހިތުދަސްކޮށްފައި ހުންނަ ހުރުން ފާހަގަކޮށްލެވެއެވެ.


udeylia 07:40, 28 މެއި 2010 (UTC)