ޒައްގޫމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ޒައްގޫމް ގަސް

ޒައްގޫމް(އިނގިރޭސި ބަހުން: Argemone mexicana)ނުވަތަ (އިނގިރޭސި ބަހުން: Yellow thistle) އަކީ މެކްސިކޯ އިން ފުރަތަމަ ފަހަރަށް ފެނިފައިވާ ޕޮޕީގެ ވައްތަރެކެވެ. މިއަދު އެމެރިކާ އަދި އިންޑިޔާގައި ވަރަށް ފުޅާ ދާއިރާއެއްގައި ޒައްގޫމް ހައްދައެވެ. ޒައްގޫމް ގަހުގެ އޮށުގައި 36-22 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ތެޔޮ އެކުލެވިގެން ވެއެވެ. މިއަށް ކިޔަނީ ޒައްގޫމް ތެޔޮ ނުވަތަ ކަޓްކަރު ތެޔޮ އެވެ. ޒައްގޫމް ރެސިންގައި ހިމެނޭ ބާބެރިން ކިޔާ އަލްކަލޮއިޑް އަކީ ބޭސްވެރިކަމުގެ ދުނިޔޭގައި މައިތިރިކުރާ މާއްދާއެއްގެ ގޮތުގައި ބޭނުން ކޮށްއުޅޭ އެއްޗެކެވެ.

ބައެއް ކަހަލަ ހަމުގެ ބަލިތަކާއި، އަދި ރީދޫވުން ފަދަ ކަންކަމަށް ފަރުވާއެއްގެ ގޮތުގައި ޒައްގޫމް ތެޔޮ ބޭނުންކުރެއެވެ. ޒައްގޫމް ތެޔޮ މާގިނައިން ބޭނުންކޮށްފިނަމަ ވިހަވުމަކީ ވެދާނެ ގޮތެކެވެ.