ޑެންގީ ހެމޮރޭޖިކް ހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑެންގީ ހެމޮރޭޖިކް ހުން (އިނގިރޭސި ބަހުން: dengue hemorrhagic fever) އަކީ ޑެންގީ ހުން ގެ ނުރައްކާތެރި ވައްތަރެވެ. މިއީ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ.

މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ. ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ޞިއްޙީ ޚިދުމަތްތެރިއަކަށް ދައްކައިގެން ފަރުވާ ހޯދިއްޖެނަމަ ފުރާނައަށް ގެއްލުން ނުލިބި ސަލާމަތްވުން ކައިރިއެވެ. ވަގުތުން އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާތެރި ވެއެވެ.

ލޭނާރު ފަޅައިގެން ގޮސް ލޭއަންނަ ވައްތަރުގެ ޑެންގީ ހުމުގެ އަލާމާތްތައް އަދި ޝޮކް • ޑެންގީ ހުމުގެ ޢަލާމާތްތަކާއި އެއްވައްތަރުގެ ޢަލާމާތްތައް ފެނުން • މެދު ނުކެނޑި ބޮޑަށް ބަނޑުގައި ރިއްސުން • ހަމުގެ ކުލަ ފަނޑުވެ ދޮން ފޫޑު ކުލައެއް ޖެހުން • ނޭފަތުން ލޭއައުން، އަނގައިން ލޭއައުން، ހިރުގަނޑުން ލޭއައުން، ނޫފައިގެންފައި ހުންނަ ފާޑުގެ ތަންތަން ހަންގަނޑުން ފެންނަށް ފެށުން • ލެޔާއި އެކު ނުވަތަ ލެޔާއި ނުލައި ގިނައިން ހޮނޑުލެވުން • ގައިގެ ވަރުދެރަވެ، ނިދި އަޔަސް ނުނިދޭގޮތްވުން • އަބަދު ރޮވުން • ބޮޑަށް ފެންބޮވުން ( އަނގަ ހުންނާނީ ހިކިފައެވެ ) • ވަރަށް ބަލިބަލިކޮށް ނަމަވެސް އަވަހަށް ވިންދު ޖެހުން • ނޭވާލާން ދަތިވުން • ހޭނެތުން