ޑައިވާޓިކިޔުލަމް ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑައިވާޓިކިޔުލަމް އަކީ ގޮހޮރު ފަދަ ގުނަވަން ތަކުގެ އެތެރޭގެ ކައިރިފަށް ނުވަތަ ފާރުގައި އުފެދޭ ކޮތަޅެއްހެން އުފުލިފައިވާ އުފުލުމެކެވެ. ޑައިވާޓިކިޔުލައިޓިސްގެ މާނައަކީ މިބުނި ބައިގައި އިންފްލެމޭޝަން އުފެދުމެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. މިބަލި ޖެހެނީ އާންމުކޮށް 50 އަހަރުން މަތީގެ މީހުންނަށެވެ. އެއީ އުމުރުން ދުވަސްވުމުން މަހުގެ ފަށަލަ ދޫވާތީ އެވެ. ހަމަ މިހެން ބަލި ޖެހުމުން ކުރިމަތިވާ އެތެރެއަށް ލޭހިލުން ގެ ފުރުޞަތު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ބޮޑުކަމަށް ވެއެވެ.