ސްޕެޝަލް ޕްރޮޓަކްޝަން ސަރވިސް (އެސްޕީއެސް)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސްޕެޝަލް ޕްރޮޓަކްޝަން ސަރވިސް (އެސްޕީއެސް)ގައި ހިމެނެނީ 2 ޔުނިޓެވެ. އެއީ ޕްރެޒިޑެންޝަލް ގާޑު (ޕީޖީ) އާއި ސްޕެޝަލް ޕްރޮޓަކްޝަން ގުރޫޕް (އެސްޕީޖީ) އެވެ.

އެސްޕީއެސްގެ ތާރީޚު[އުނިއިތުރު ގެންނަވާ]

އެސްޕީއެސްގެ ތާރީޚު ގުޅިފައިވަނީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންގެ ސެކިއުރިޓީގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ސިފައިންގެ ތެރެއިން ވަކި ޓީމެއް ނަގައިގެން އެކަމަށް ޚާއްޞަކޮށްގެން މަސައްކަތް ކުރަްން ފެށި ދުވަހާއެވެ. އެއީ 16 ނޮވެންބަރު 1988 އެވެ. މި ޓީމު ނެގުނީ އޭރު ތިބި ސިފައިންގެ ތެރެއިން ހަދާފައިވާ ތަމްރީނާއި އަޚްލާޤަށް ބަލައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނު އާއިލާގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެންމެ އެކަށޭނަ މީހުން ކަމަށް ފެންނަ މީހުންނެވެ.

އެންމެ ފުރަތަމަ މި ޓީމަށް ކިޔުނު ނަމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ފޯސްއެވެ. ހަމަ އެ ދުވަސްވަރު ޕްރެޒިޑެންޓަލް ސެކިއުޓީ ގާޑު ފަދަ ނަންނަން ވެސް ކިޔަމުން ގެންގޮސްފައިވެއެވެ. މި ފޯހަށް ރަސްމީ ގޮތުން ޑެލްޓާ ފޯހުގެ ނަން ދެއްވައި ޔުނިޓެއްގެ ގޮތުގައި ހިންގަންފެށީ 06 މޭ 1990ގައެވެ. ޑެލްޓާ ފޯހުގެ ނަން ސްޕެޝަލް ޕްރޮޓަކްޝަން ގްރޫޕް (އެސްޕީޖީ) ގެ ނަމަށް ބަދަލުކުރެއްވީ 16 ނޮވެންބަރު 1995ގައެވެ.