ސްކީންސް ގްލޭންޑް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސްކީންސް ގްލޭންޑް އަކީ އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީ ފާރުގައި ހުންނަ ގްލޭންޑް ތަކެކެވެ.އަދި އެ ގްލޭންޑްތައް ހުންނަނީ ކުޑަކަމުދާ ހޮޅި ތިރިން ނިމޭ ހިސާބު ކައިރީގައެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި މިގްލޭންޑްތަކަށް ލޭއެޅި ފުރިބާރުވެއެވެ. އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައިވާ މިގްލޭންޑް އާއި އެއްގޮތްކަމެއް ހުންނަ ގްލޭންޑް އަކަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ޕްރޮސްޓޭޓް ގްލޭންޑް އެވެ. މިގްލޭންޑް ތަކަށް ޕެރިޔުރެތުރަލް ގްލޭންޑް އަދި ޕެރަޔުރެތުރަލް ގްލޭންޑް އޭ ވެސް ކިޔައެވެ.