ސޭފުގޭ އާއިލާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސޭފުގޭ އާއިލާ (ގުލްއަލާގެ އާއިލާ) (؟؟17) އަކީ އައްޑުއަތޮޅު މީދޫ އަށް ނިސްބަތްވާ ދިވެހި ޝާހީ އާއިލާގެ އާއިލާއެކެވެ. މިއާއިލާ ޝާހީ އާއިލާ އާއި ގުޅިފައި ވަނީ އިބްރާހިމް އަހުމަދުދީދީގެ ފަރާތުންނެވެ. އެއީ އިބްރާހީމް ދީދީގެ ކާފާފުޅު ގެ ބައްޕާފުޅު (މުނިކާފަ) އަކީ ގަނޑުވަރު އަހައްމަދު ދީދީ ކަމަށް ވާތީއެވެ.ގަނޑުވަރު އަހަންމަދު ދީދީގެ އަނބިކަ.ބަލުން ނުވަތަ ސޭފުގޭ އިބްރާހީމް ދީދީގެ ކާފަގެ މަންމާފުޅު، ފާތުމާ އަކީ ވަނީ ދިހަވަނަ ހަސަން ރަސްގެފާނުންގެ އިބްރާހިމް މަނިކުފާނުންގެ ހަސަން މަނިކުފާނުންގެ މުހުއްމަދު މަނިކުފާނުންގެ ރަހާގެ ހުސެން މަނިކުފާނުގެ ދަރިކަލުންކަމަށްވާތީއެވެ. އެހެންކަމުން އިބްރަހިމްދީދީއަކީ އާއިލީގޮތުން، އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅާއި ގުޅިފައިވާ ބޭފުޅެކެވެ. އިސްދޫ ދަރިކޮޅާއި ގުޅިފައިވަނީ ގަނޑުވަރު އަހުމަދުދީދީ (ސޭފުގޭ އިބްރާހީމް ދީދީގެ މުނިކާފާފުޅުގެ މަންމާފުޅުގެ (ކިލެގެފާނުންގެ އާއިޝާފާނު) ފަރާތުންނެވެ.އައީޝާފާނަކީ ހާޖީ ބަންޑާރައިންގެ ކިލެގެފާނުންގެ އާއިޝާ ދީދއެވެ. ބާކީ ބަންޑާރައިން (އައްސުލްޠާން މުހައްމަދު ގިޔާސުއްދީން)އެވެ. އެހެންކަމުން އިބްރާހީމް ދީދީ އަދި އިބްރާހީމް ދީދީގެ ދަރިން ވަނީ ދިވެހި ޝާހީ އާއިލާ މީހުންނަށެވެ އައީޝާފަނުގެ ބައްޕާފުޅަކީ ހާޖީ ބަންޑާރައިންގެ ދަރިކަލުން އަބްދުﷲ އިބްރާހީމް ފާމުދޭރި ކިލެގެފާނުއެވެ.

އެހެންކަމުން ސޭފުގޭ އިބްރާހިމް ދީދީގެ ކާފާފުޅު އުފަންވެ ވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ޝާހީ ގަނޑުވަރުގައި އެވެ.

•ހާޖީ ބަންޑާރައިން (މުހައްމަދު ގިޔާސުއްދީން) އަވަހާރަވީ 8 އޮކްޓޯބަރ 1774

•ހާޖީ ބަންޑާރައިން (މުހައްމަދު ގިޔާސުއްދީން) ރަސްކަންކުރެއްވީ 1766-1773އަށް

• ދަރިކަލުންނަކީ ޕްރިންސް އަބްދުﷲ މުހަންމަދު މަނިކުފާނު (މުހައްމަދު މަނިކުފާނު)

ފަންވަތް:Infobox character