ސެޓެލައިޓް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސެޓެލައިޓަކީ ޖައްވުތެރޭގައިވާ ޕްލަނެޓްތަކުގެ ވަށައިގެން، އޯބިޓޭ ކިއޭ ވައްރޮގެއްގައި ދަތުރުކުރާ ޖިސްމުތަކެކެވެ. މިގޮތުން އިންސާނުން ހަދާފައިވާ އެތައްހާސް ސެޓަލައިޓެއް އަޅުގަޑުމެންގެ މިޕްލަނެޓްގެ ވަށައިގެން މިވަގުތުވެސް އެބުރެމުން ދާނެއެވެ.

އެންމެ ފުރަތަމަ އިންސާނުން ހަދާފައިވާ ސެޓެލައިޓެއް ޖައްވުތެރެއަށް ލޯންޖުކުރީ 7591 ގައި ސޯވިއެޓް ޔޫނިއަނުން ހަދާފައިވާ ސްޕަޓްނިކް 1 ނަމަކަށްކިޔާ ސެޓެލައިޓެކެވެ. ބިމުގެ ވަށައިގެން އެސެޓަލައިޓް ތިންމަސްދުވަސް ވަންދެން ދަތުރު ކުރިއެވެ. އޭގެފަހުން އެޓްމަސްފެއަރގެ ތެރެއަށް ވެއްޓި އަދައިގެން ދިޔައީއެވެ. އެޓްމަސްފެއަރ އޭ މިކިޔެނީ ބިމުގެ ވަށައިގެންވާ ވައިގެ ފަށަލައަށެވެ.

ޖައްވުގެ ތެރެއަށް ސެޓަލައިޓް އުދުއްސާލާ ގޮތް[އުނިއިތުރު ގެންނަވާ]

ސެޓެލައިޓް އޭގެ އޯބިޓަށް ދަތުރު ކުރުމަށްޓަކައި 021 މޭލު (002 ކިލޯމީޓަރ) އުސްމިނަށް ފޯރަންޖެހެއެވެ. ހަމައެގޮތަށް ދަތުރުކުރާ ސްޕީޑް ގަޑިއަކު 0081 މޭލު (00092 ކިލޯމީޓަރ) އަށްވުރެ ހަލުއިވާންޖެހެއެވެ. މިބުނެވުނު އުސްމިނަށް ނުވަތަ ހަލުއިމިނުގައި ދަތުރު ނުކުރެވޭ ސެޓެލައިޓެއްނަމަ ގިނައިރު ތަކެއްނުވެ ބިމަށް ވެއްޓޭނެއެވެ. މިހަލުގައި މިނުގައި މިހާއުހަށް ދަތުރު ކުރުމަށްޓަކައި އެކަމަށް ޚާއްޞަ ރޮކެޓެއް ބޭނުންވާނެއެވެ.

ގިނަ ސެޓެލައިޓްތައް ފޮނުވާލަނީ ބިމުންނެވެ. ނަމަވެސް ބައެއް ކުދި ސެޓެލައިޓްތައް މައްޗަށް އުދުހޭ ޚާއްޞަ މަތިންދާބޯޓަކުންވެސް ލޯންޖު ކުރެވިދާނެއެވެ. މިގޮތުން ބޭނުންކުރާ ފިއުލް މަދުވާނެއެވެ.

A full size model of the Earth observation satellite ERS 2

އަނެއްބައި ސެޓެލައިޓްތައް ލޯންޖު ކުރަނީ ސްޕޭސް ޝަޓްލްއަކުން ނުވަތަ ޕައިލޮޓެޑް ރޮކެޓަކުންނެވެ. މިހެންވުމުން ޖައްވަށް ދަތުރުކުރާ ޝަޓަލްގައި އިންނަ އެސްޓްރޯނޯޓުންނަށް އެޝަޓްލް އޭގެ މަންޒިލަށް ދަތުރު ކުރާކަމުގެ ހިތްހަމަޖެހުން އޮވެއެވެ.

ސެޓަލައިޓް ބޭނުންކުރާ ސަބަބު[އުނިއިތުރު ގެންނަވާ]

ވަރަށްގިނަ ބޮޑެތި ކަންތައްތައް ކުރުމަށް ސެޓެލައިޓް ބޭނުންކުރެއެވެ. މިގޮތުން ޓީވީ ރޭޑިއޯ އާއި ޓެލެފޯން ސިގްނަލް މުވާޞަލާތު ކުރުމަކީ ވަރަށްމުހިއްމު އެއްބޭނުމެވެ. ހަމައެގޮތަށް ނެވިގޭޝަންގައި އެހީތެރިވެދޭ ސެޓަލައިޓް ތަކުގެ ސަބަބުން އުޅަނދުފަހަރަށް އެއުޅަދުތައް ހުންނަ ތަންތަނާއި ދާންވީތަންތައް ވަކިކޮށް ދެނެގަންނަން އެގެއެވެ. މޫސުމާއި ބެހޭ ސެޓެލައިޓްތަކުން ޖައްވާއި ވިލާތަކުގެ ފޮޓޯނަގާ ތޫފާނުތަކާއި ގަދަވަޔާއި ވިއްސާރަވެދާނެ ކަމުގެ ލަފާކޮށް މޫސުން ބުނެދެއެވެ. ޖާސޫސްކުރާ ސެޓްލައިޓްތަކުން ބިމަށްލޯއަޅާ ބިމުގެ އެކިބިތުގައި ހިގާ ނުހިގާކަންތައް ބަލާހޯދާ ހަދައެވެ. އަނެއްބައި ސެޓެލައިޓްތަކުން ޢިލްމުވެރިން ބިހާއި އެހެންވެސް ޕްލަނެޓްތައް ދިރާސާކުރުމަށް މަގުފަހިކޮށްދެއެވެ.

ޖައްވުގައި ސެޓެލައިޓް މަސައްކަތް ކުރާގޮތް[އުނިއިތުރު ގެންނަވާ]

ޖައްވަކީ އެތަނުގައި އެއްވެސް ކަމެއްކުރުމަށް އުދަގޫ ތަނެކެވެ. ބިމުގައި އަޅުގަޑުމެން ދިރިއުޅޭއިރު ކޮންމެވެސް ސޮކެޓަކަށް ޕްލަގެއް ޖަހާލައިގެން ކަރަންޓް ނަގާފަދައިން ޖައްވުގައި އެކަންއެހެން ކުރެވޭކަށް ނޯވެއެވެ. ވީމާ ސެޓެލައިޓްގެ މަސައްކަތައް ބޭނުންވާ ހަކަތަ އެއާއެކު އުފުލަންޖެހެއެވެ. ހަމައެގޮތަށް ބޭނުންވާ ދިމާލަށް ސެޓެލައިޓްގެ ދަތުރު ބެހެއްޓުމަކީވެސް އުދަގޫކަމެކެވެ. އެއީ ބިމުގައި ދުއްވާއެއްޗެއްގެ ހުންގާނު ހިފާއުޞޫލުން އެކަންކުރެވޭކަށް ނޯވެއެވެ.

ހަމައެގޮތަށް ސެޓެލައިޓް މަސައްކަތް ކުރަންޖެހެނީ ގަޑުވާފަދަ ގަދަފިނީގައި ބިމުގެ ހިޔަނީގައާއި އަދައިގެންދާފަދަ ގަދަ ހޫނުއިރުގެ ދޯދިތަކަށް ކަންކަށި ދައްކައިގެންނެވެ. ހަމައެފަދައިން ސެޓެލައިޓަކީ ޖައްވުތެރޭ ދަތުރުކުރާ ކުދި ހިލައެއްޗެތިން ޖެހި ގެއްލުން ނުލިބޭވަރުގެ ވަރުގަދަ އެއްޗަކަށްވެސް ވާންޖެހެއެވެ.

ގިނަސެޓެލައިޓްތައް ހަކަތައެއްގެ ގޮތުގައި ބޭނުންކުރަނީ އިރުގެ އަތްވާއި ސެޓެލައިޓްގައި ހުންނަ ބެޓެރިތަކެވެ. މިގޮތުން ސެޓެލައިޓްގައި ހަރުކޮއްފައި ހުންނަ ބޮޑު ދެފިޔަގަޑުން އިރުގެ އަލިން ސޯލާހަކަތަ ނަގައެވެ. މިފިޔަގަޑުތައް ހުންނަނީ އަބަދުވެސް އިރާއި ދިމާއަށް މޫނުދިއްކުރާގޮތަށް ޑިޒައިންކޮއްފައެވެ. ބިމުގެ ހިޔަނީގައި އިރާއި ނިވާވެގެން ސެޓެލައިޓް ދަތުރުކުރާއިރު ބޭނުންކުރަނީ އޭގައިހުންނަ ބެޓެރިތަކެވެ.

ސެޓެލައިޓް ބޭނުންވާދިމާއަށް ދަތުރުކޮށް މިސްރާބު ހިފެހެއްޓުމަށްޓަކައި އޭގައި ކުދިކުދި ރޮކެޓްތަކެއް ހަރުކޮއްފައި ހުރެއެވެ. ހަމައެގޮތަށް ގައިރޮސްކޯޕް އޭކިޔާ އިންސްޓްރޫމަންޓެއްވެސް މިސްރާބު ހިފަހައްޓަން ބޭނުންކުރެއެވެ. އަދި ބައެއްފަހަރު ސެޓެލައިޓްގައި ހުންނަ މެގްނެޓިކް ފީލްޑަކުން، ބިމުގެ މެގްނެޓިކް ފީލްޑާއި ދުރުކޮށް ރަގަޅު މިސްރާބުގައި ހިފަހައްޓައެވެ.

އިރާއި މޫނުލާގޮތަށް ސެޓެލައިޓް ދަތުރުކުރާއިރު އޭގެ ހޫނު މަޑުކުރުމަށް ޓަކައި ވައިޖައްސާނެ ގޮތެއް އެއަކު ނުހުރެއެވެ. ވީމާ ސެޓެލައިޓްތައް ބޭނުންކުރަނީ އޭގައި ލައްޕާ ހުޅުވާގޮތަށް ހުންނަ ޕެނަލްތަކެކެވެ. ސެޓެލައިޓަކީ އެއްދިމާއަކަށް ހުއްޓި ހުރުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް އެނބުރޭ އެއްޗަކަށްވާތީ އިރުގެ ހޫނު އެއްފަރާތަށް އެޅިފައި އަބަދު ހުންނަގޮތަށް ދިމައެއް ނުވެއެވެ.

ކުރިންވެސް ބުނެވުނު ފަދައިން ސެޓެލައިޓް ހެދިފައިހުންނަ މާއްދާއަކީ ވަރުގަދަ އެއްޗަކަށް ވާންޖެހެއެވެ. އެއީ ޖައްވުތެރޭގައި ދަތުރުކުރާ ކުދި ހިލަފަދަ އެއްޗެތިން ޖެހިގެން ގެއްލުން ނުވާވަރުގެ އެއްޗަކަށް ވާންޖެހެއެވެ. ހަމައެގޮތަށް އެމާއްދާ ތަކަކީ ފަސޭހައިން ފިނިހޫނުގެ އަސަރުކޮށް ބިނދި ހަލާކުވާ އެއްޗަކަށްވެސް ވެގެންނުވާނެއެވެ. އެއީ އިރުގެ ހޫނުން އެހޭބޮޑަށް ހޫނުވެފައި ބިމުގެ ހިޔަލަށް ދިއުމުން ގަދަފިނިވާ އެއްޗަކަށްވެފައި މިހެދިފައި ހުންނަ މާއްދާއަކީ ހޫނާއި ފިނި މިގޮތަށް ބަދަލުވުމުގެ ސަބަބުން އެކަންތައް ތަޙައްމަލް ކުރެވޭވަރުގެ މާއްދާތަކަކަށް ވާންޖެހެއެވެ.

ޖައްވުގައިވާ ސެޓެލައިޓެއް އަނބުރާ ގެނައުން[އުނިއިތުރު ގެންނަވާ]

ސެޓެލައިޓެއް ހަލާކުވެ އޭގެ މަސައްކަތް ހުއްޓުމުން އޯބިޓްގެ ތެރެއަށްވެއްޓި ކުނިބުއްޏަށް ވެއެވެ. އަނެއްބައި ސެޓެލައިޓްގެ ދުވެލި ލަސްކަމުން އޯބިޓްގައި ހިފަހައްޓާ ނުލެވިގެން އަދައިގެންގޮސް ވެއްޓެއެވެ. ހަމައެއާއެކު މަރާމާތު ކުރުމަށް ބައެއް ސެޓެލައިޓް ބިމައްގެނެވޭވެސް މެއެވެ.

މަސައްކަތް ނުކުރާ ސެޓެލައިޓްތައް ހަލާކުކޮއްލުމުގެ ބޭނުމުގައި ގަސްދުގައި އެޓްމަސްފެއަރގެ ތެރެއަށް ވައްޓާލާވެސް މެއެވެ. އެއީ އޭތި އަދައިގެންގޮސް ކުދިކުދި ކޮއްލުމަށްޓަކައެވެ. ޖައްވަކީ ވަރަށްބޮޑު ތަނެކެވެ. ނަމަވެސް އޯބިޓްގައި ސެޓެލައިޓްތައް ދަތުރު ކުރަމުންދާއިރު އެކަތި އަނެކައްޗަށް ޖެހި ހަލާކުވެދާނެތީ މިހާރު ސައެއްޓިސްޓުންނަށްވަނީ ވިސްނަންޖެހިފައެވެ. ހަމައެގޮތަށް ހަލާކުވެފައިވާ އެއްޗެތިން ޖައްވު ސާފުކުރަންވެސް ވިސްނަންޖެހެއެވެ.

ޖައްވުގައިވާ ސެޓެލައިޓް ތަކުގެ އަދަދު[އުނިއިތުރު ގެންނަވާ]

ސްޕަޓްނިކް 1 ލޯންޖްކުރިފަހުން އެކިއެކި ޤައުމުތަކުން 5000000000000 އަށްވުރެ ގިނަ ސެޓެލައިޓް ޖައްވައް ފޮނުވާފައިވެއެވެ. އިންސާނުން ހަދާފައިވާ ސެޓެލައިޓް މިހާރު އިރާއި، މާސް، ވީނަސް، އަދި އެހެން ޕްލަނެޓްތަކާއި އެއެއްޗެތީގެ ހަނދުތަކުގެ ވަށައިގެން ދަތުރު ކުރެއެވެ. ނަމަވެސް ގިނަ ސެޓެލައިޓްތައް ދަތުރު ކުރަނީ ބިމުގެ ވަށައިގެންނެވެ.

އަޅުގަޑުމެންގެ ބޯމަތިން ކޮންމެ ދުވަހަކުވެސް އެތައްހާސް ސެޓެލައިޓެއް ދަތުރު ކުރެއެވެ. މިއެއްޗެތި ތަރައްޤީކޮށް ކުރިއަރުވަން ކުރާ މަސައްކަތަކީ އިންސާނިއްޔަތައް ފައިދާކުރަނިވި ގޮތަކަށް ކުރެވޭ ކަމަކަށްވުންއެއީ އެންމެންގެ އުއްމީދެވެ.