އިސްޕެއިން
Kingdom of Spain Reino de España | |
|---|---|
Location of އިސްޕެއިން (dark green) – in Europe (light green & dark grey) | |
| ވެރިރަށް and largest city | Madrid |
| ރަސްމީ ބަސްތައް | Spanish[note 2] |
| އާންމު ސަރަހައްދީ ބަސްތައް | Aranese, Basque, Catalan/Valencian and Galician |
| ނަސްލު ގުރޫޕުތައް | 88.0% Spanish, 12.0% (Romanian, Moroccan, Ecuadorian) other (2009)[1] |
| ޑިމޮނިމް | Spanish, Spaniard |
| ސަރުކާރު | Parliamentary democracy and Constitutional monarchy |
• King | Juan Carlos I |
| José Luis Rodríguez Zapatero (PSOE) | |
Formation 15th century | |
| 1479 | |
| 1516 | |
| 1716 | |
| 1978 | |
ސަރަޙައްދު | |
• Total | 504,030 km2 (194,610 sq mi) (51st) |
• Water (%) | 1.04 |
އާބާދީ | |
• 2009 estimate | 46,661,950[2] (27th) |
• Density | [convert: invalid number] (106th) |
| ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $1.395 trillion[3] |
• ބޮލަކަށް ޖެހެނީ | $30,588[3] |
| ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $1.602 trillion[3] |
• ބޮލަކަށް ޖެހެނީ | $35,116[3] |
| ޖިނީ (2005) | 32[4] Error: Invalid Gini value |
| އެޗްޑީއައި (2007) | Error: Invalid HDI value (15th) |
| ފައިސާ | Euro (€)[note 3] (EUR) |
| ޓައިމް ޒޯން | ޔޫޓީސީ+1 (CET[note 4]) |
| ޔޫޓީސީ+2 (CEST) | |
| ތާރީޚު ފޯމެޓް | dd.mm.yyyy (Spanish; CE) |
| ޑްރައިވިންގ ސައިޑް | right |
| ކޯލް ކޯޑް | 34 |
| އައިއެސްއޯ 3166 ކޯޑް | ES |
| އިންޓަރނެޓް ޓީއެލްޑީ | .es[note 5] |
ކިންގްޑަމް އޮފް ސްޕެއިން ނުވަތަ އިސްޕެއިންއަކީ ހުޅަނގު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. އިސްޕެއިން އޮންނަނީ އިބޭރިއަން ޕެނިންސޫލާގައެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
[އުނިއިތުރު ގެންނަވާ]އިސްޕެއިނުގެ ރަސްމީ ބަހަކީ އެސްޕަންޏޯލް ނުވަތަ އިސްޕެނިޝްއެވެ. އިނގިރޭސި ބަހުން އިސްޕެއިނު މީހުންނަށް ކިޔަނީ ސްޕެނިޝް ނުވަތަ ސްޕެނިޔާރޑްސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މެޑްރިޑެވެ. އިސްޕެއިނުގެ ވެރިރަށަކީ ވެސް މެޑްރިޑެވެ. އިސްޕެއިނަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 46 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 27 ނުވަތަ 28 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ es. އެވެ. ކޯލިން ކޯޑަކީ +34 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން
[އުނިއިތުރު ގެންނަވާ]އިސްޕެއިނުގެ ނަން “ސްޕެއިން” ނުވަތަ “އެސްޕާޏާ” ގެ ނަން އައިސްފައިވާ ގޮތާ މެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. ޤަދީމީ ރޫމާނީން އިބޭރިއާއަށް ކިޔާފައިވާ ނަން ކަމުގައިވާ ހިސްޕޭނިޔާއަކީ ހިސްޕޭރިޔާ މި ބަހުން ނެގިފައިވާ ނަމެއްކަމަށް ބެލެވިފައިވެއެވެ. “ހިސްޕޭރިޔާ” ގެ މާނައަކީ “ލޭންޑް އޮފް ދަ ސެޓިން ސަން” އެވެ. ބައެއް މީހުން ބުނާ ގޮތުގައި އިސްޕެއިނުގެ ނަން ނެގިފައިވަނީ އިސްޕަނިހާދުންނެވެ. މީގެ މާނައަކީ “ލޭންޑް އޮފް ރެބިޓްސް”އެވެ. ނުވަތަ އެޒްޕަންޏާ މިބަހުންނެވެ. މީގެ މާނައަކީ ކަން ނުވަތަ ކޮޅެވެ.މި ނޫން އެތައް ގޮތަކަށް ވެސް އިސްޕެއިނުގެ ނަމުގެ އަޞްލާ ބެހޭ ގޮތުން ވާހަކަ ދެކެވެއެވެ.
ޖުޣުރާފީ
[އުނިއިތުރު ގެންނަވާ]ސްޕެއިނުގެ އިރުމައްޗާއި ދެކުނުގައި އޮންނަނީ މެދުތެރޭ ކަނޑެވެ. ދެކުނު ފަރާތުން ޖިބްރޯލްޓަރާ ވެސް ގުޅިފައިވާ ސްޕެއިނުގެ ދެ ޝަހަރު އުތުރު އެފްރިކާގައި ވެސް އޮވެއެވެ. މި ދެ ޝަހަރުން ސްޕެއިނާ ބޯޑަރު ޙިއްޞާކުރާ ޤައުމަކީ މޮރޮކޯއެވެ. ސްޕެއިނުގެ އުތުރުގައި އޮތީ ފަރަންސޭސިވިލާތާއި އެންޑޯރާ އާއި ބޭއި އޮފް ބިސްކޭއެވެ. ހުޅަނގުއުތުރާއި ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑާއި ޕޯޗުގަލްއެވެ. މެދުތެރޭ ކަނޑުގައި އޮންނަ ބަލެއަރިކް ޖަޒީރާ އާއި އެޓްލާންޓިކް ކަނޑުގައި އެފްރިކާގެ އައްސޭރިޔާ ދިމާއަށް އޮންނަ ކެނަރީ ޖަޒީރާއަކީ ސްޕެއިނުގެ ދަށުން ހިނގާ ސްޕެއިނުގެ ރަށްރަށެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ޖުޣުރާފީ ގޮތުން އިސްޕެއިނު އޮތް ތަނުގެ ސަބަބުން ބޭރުގެ ވަރަށް ގިނަ ނުފޫޒުތަކުން ބާރު ފޯރުވަން މަސައްކަތްކުރި ތަނަކަށް އިސްޕެއިނުވަނީ ވެފައެވެ. މީލާދީން 8 ވަނަ ޤަރުނުގައި އުތުރު އެފްރިކާއިން އައި މުސްލިމުންވަނީ އިބޭރިއަން ޕެނިންސޫލާ ފަތަޙަކޮށްފައެވެ. މިއީ އުމަވީ ޚިލާފަތުގެ ދުވަސްވަރުގައެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި އިސްޕޭނު ނުވަތަ “އަންދަލުސް” އޮތް އިރުގައި ޔަހޫދީންނާއި ނަޞާރާއިންނަށް އެމީހުންގެ ދީން މަތީގައި ތިބުމުގެ ހުއްދަ ދިނެވެ. އަދި އެމީހުންގެ އަޅުކަމުގެ އެއްވެސް ކަމަކަށް މުސްލިމުން ހުރަސް އަޅާފައެއް ނުވެއެވެ. އިސްޕެއިނުގެ އިސްލާމީ ވެރިކަމުގައި އެތަނުގައި ވަރަށް ބޮޑަށް މުސްލިމުން އިތުރުވެގެންދިޔައެވެ. އިސްލާމުންގެ ވެރިކަމުގައި ވެރިރަށެއްގެ ގޮތުގައި އޮތް ޤުރުޠުބާއަކީ މުޅި ޔޫރަޕުގައި ވެސް އޮތް އެންމެ ފުރިހަމަ ޝަހަރެވެ. އިހުޒަމާނުގެ ޔޫނާނީންގެ ޢިލްމު ޔޫރަޕުގައި ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އިސްޕެއިނުގައި އޮތް މުސްލިމު ވެރިކަމުގެ ފަރާތުންނެވެ. މީލާދީން 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގައި އިސްޕެއިނުން ވަނީ އެ ޤައުމަށްވުރެ ބޮޑު އެތައް ޤައުމެއް، އެ ޤައުމުގެ އިސްތިޢުމާރުގެ ދަށަށް ގެނެސްފައެވެ. މި ގޮތުން ދެކުނު އެމެރިކާ ބައްރުގެ ވަރަށް ގިނަ ޤައުމުތަކަކީ ސްޕެއިނުގެ ދަށުގައި އޮތް ޤައުމުތަކެވެ. އެހެންކަމުން އެމެރިކާ ބައްރުގައި ކެނެޑާ އާއި އެމެރިކާ އާއި ބްރެޒީލް ފިޔަވައި ދެން ހުރި ހުރިހާ ޤައުމެއްގައިހެން މިއަދުވެސް އެންމެ ގިނަ މީހުން ވާހަކަދައްކަނީ އިސްޕެއިނު ބަހުންނެވެ. އަދި މީގެ ތެރެއިން ގިނަ ޤައުމުތަކުގެ ރަސްމީ ބަހަކީ ވެސް އިސްޕެއިނު ބަހެވެ.
ޑެމޮގްރަފިކްސް
[އުނިއިތުރު ގެންނަވާ]އާބާދީީގައި 46 މިލިޔަން މީހުން ތިބި ސްޕެއިނަކީ އާބާދީގެ ގޮތުން ދުނިޔޭގެ 28 ވަނަ ޤައުމެވެ. އެހެން ނަމަވެސް މިއަހަރު އަންދާސާކުރެވިފައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ގޮތުން 27 ވަނައިގައި އޮތް ޔުކްރެއިނަށްވުރެ ސްޕެއިނުގެ އާބާދީ އިތުރުވެ، އާބާދީގެ ގޮތުން 27 ވަނަ ސްޕެއިނަށް ލިބޭނެއެވެ. އިިސްޕެއިނުގެ އާބާދީގެ 88% މީހުންނަކީ އިސްޕޭނު ނަސްލުގެ މީހުންނެވެ. އަނެއް 12% ގައި ހިމެނެނީ މޮރޮކޯ، އިކުއެޑޯ އަދި ރުމޭނިޔާ ނަސްލުގެ މީހުންނެވެ. 1492 ގައި އިސްޕެއިނުގެ ނަޞާރާއިން އެ ޤައުމުގެ މުސްލިމުން ޤައުމުން ބޭރުކޮށް ފައްސާލައި، އަދި ހިންގި ޤަތުލު ޢާއްމުތަކުގެ ސަބަބުން 800 އަހަރުވަންދެން މުސްލިމުންގެ ވެރިކަން އޮތް ސްޕެއިނުގައި މުސްލިމަކު ނެތި އެތައް ޤަރުނެއް ވޭތުވެގެންދިޔައެވެ. އެހެން ނަމަވެސް މިއަދު އިސްޕެއިނުގައި ކޮންމެވެސް ވަރަކަށް މުސްލިމުން އެބަތިއްބެވެ. އެއީ މިލިޔަނެއްހައި މުސްލިމުންނެވެ. އެއީ ސްޕެއިނުގެ އާބާދީގެ 2.3% އެވެ. ނަޞާރާއިން ޙިއްޞާކުރަނީ އާބާދީގެ 76% އެވެ. ދީނަކަށް ނޫޅާ މީހުންގެ އިން ސައްތައަކީ 20%އެވެ. ޔަހޫދީންގެ އާބާދީއަކީ 0.1%އެވެ.
ސަގާފަތު
[އުނިއިތުރު ގެންނަވާ]އިސްޕެއިނުގެ ސަގާފަތަށް ޔޫރަޕު އަދި އުތުރު އެފްރިކާގެ ސަގާފަތުގެ އަސަރާއި ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވެއެވެ. އިޓަލީ ފިޔަވައި ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުތައް އެންމެ ގިނަ ޤައުމަކީ ވެސް އިސްޕެއިނެވެ. އެއީ 40 ތަނެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]އިސްޕެއިނުގެ އިޤްތިޞާދަކީ ދުނިޔޭގެ 9 ވަނަ އިޤްތިޞާދެވެ. މުޅި ޔޫރަޕަށް ބަލާއިރު ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދަކީ ވެސް އިސްޕެއިނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 35116 ޑޮލަރެވެ.
- ↑ "Spain" (PDF). www.focus-migration.de. 2009-01-01. Retrieved 2009-09-22.
- ↑ "Official Population Figures of Spain. Population on the 1 January 2009" (PDF). Instituto Nacional de Estadística de España. Retrieved 2009-06-03.
- 1 2 3 4 "Spain". International Monetary Fund. Retrieved 2009-10-01.
- ↑ "CIA World Factbook". Archived from the original on 1218603444. Retrieved 2008-08-13.
{{cite web}}: Check date values in:|archive-date=(help); Unknown parameter|dead-url=ignored (|url-status=suggested) (help)

- ↑ Also serves as the Royal anthem
- ↑ In some autonomous communities, Aranese (Occitan), Basque, Catalan/Valencian, and Galician are co-official languages. Bable and Leonese are officially recognised
- ↑ Prior to 1999 (by law, 2002) : Spanish Peseta.
- ↑ Except in the Canary Islands, which are in the WET time zone (UTC, UTC+1 in summer).
- ↑ The .eu domain is also used, as it is shared with other European Union member states. Also, the .cat domain is used in Catalan-speaking territories.
<ref> tags exist for a group named "note", but no corresponding <references group="note"/> tag was found