ސުލްޠާން ޢަބްދުﷲ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން ޢަބްދުﷲ އަކީ މީލާދީން 1374 ން 1377 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 775 ން 778 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 775 ވަނަ އަހަރުއެވެ.

އައްސުލްޠާން ޢަބްދުﷲ ސިރީ ދަންމަރު އާދީއްތަ މަހާ ރަދުންނަކީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ފިރިކަލުންނެވެ. އިބްނު ބަޠޫޠާ ދިވެހިރާއްޖެ ދޫކުރެއްވީ މި ޢަބުދުﷲ ރަދުން ވަޒީރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެދެކަލުންގެ ދެމެދުގައި ހިނގި ގަޑުބަޑު ތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.


އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ސުލްޠާން ޢަބްދުﷲ ރަސްކަން ކުރެއްވީ 3 އަހަރު ވަންދެނެވެ. ރަސްކަން ކުރައްވާތާ 3 ވަނަ އަހަރު ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އޭނާ ގަތުލު ކުރައްވައިފި އެވެ. ނުވަތަ ގުދުރަތީ ގޮތުން އޭނާ އަވަހާރަ ވެއްޖެއެވެ. މިކަން ހިގުމަށްފަހު ތިންވަނަ ފަހަރަށް ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަސްކަމަށް އިސްވެ ވަޑައިގަތީ އެވެ. މިކަން ހިނގީ ހިޖުރައިން 778 ވަނަ އަހަރު ގައެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން


ކުރިން ހުންނެވީ:
ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ