ސުލްޠާން ދިނެއި ކަލަމިންޖާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން ދިނެއި ކަލަމިންޖާ އަކީ މީލާދީން 1193 ން 1199 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 588 ން 595 އަށެވެ. ސުލްޠާން ދިނެއި ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައި ގަތީ ސުލްޠާން ޢަލީ ކަލަމިންޖާ (އެއްވަނަ) އަވަހާރަވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ފެންނާދީއްތަ މަހާރަދުންނެވެ. މި ރަދުންގެ ބައްޕާފުޅުގެ ނަމެއް ތާރީޚަކުން އެނގޭކަށެއްނެތެވެ. މައިކަނބަލަކީ ފަތަހިރިޔާ މާވާކިލެގެއެވެ. މި ރަދުން 7 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 595 ވަނަ އަހަރު ގައެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ޢަލީ ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ބާރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ދިހެއި ކަލަމިންޖާ