ސުލްޠާން މުޙައްމަދު އަލްޖަމީލު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން މުޙައްމަދު އަލްޖަމީލު އަކީ މީލާދީން 1362 ން 1364 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 764 ން 765 އަށެވެ. ސުލްޠާން މުޙައްމަދު އަލްޖަމީލު އަކީ ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ފުރަތަމަ ފިރިކަލުންނެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު އަލްޖަމީލު ގެ ނަސަބެއް ތާރީޚުން އެނގޭކަން ނެތެވެ. މިރަދުންނަކީ ކުރިން އަލްވަޒީރު މުޙައްމަދު ޖަމާލުއްދީން އެވެ. ދިވެހިރާއްޖޭގެ ތާރީޚީ ލިޔުންތަކަށް ބުރަވެ ވިސްނޭގޮތުން މިރަދުންނަކީ ވެސް ރާއްޖެއިން ބޭރުން ވަޑައިގެންނެވި މީހެއް ކަމަށް ލަފާ ކުރެވެއެވެ.

ހެނެވި ރަސްކިލެގެކަން[އުނިއިތުރު ގެންނަވާ]

ރެހެންދި ޚަދީޖާގެ ރަސްކަމުގެ ފުރަތަމަ ދައުރުގައި ހެނެވި ރަސްކިލެގެ މަގާމްގައި މި މުޙައްމަދު ޖަމާލުއްދީން ހުންނެވި އެވެ. މިއީ ރަނިކަމަނާގެ ގާއިމް މަގާމް އެވެ. މިއީ އަންހެނަކު ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރައްވާނަމަ އޭނާގެ ފިރިއަކަށް ހުންނަ މީހަކަށް ދެއްވާ މަގާމެވެ. އިބްނި ބަޠޫޠާ ލިޔުއްވާފައިވާ ގޮތުން އޭނާ ރާއްޖެ ދުރުވި އިރު ރެހެންދި ޚަދީޖާ ގެ އަމުރުފުޅަށް އަލްވަޒީރު މުޙައްމަދު ޖަމާލުއްދީން ރަސްކަމުގެ ކަންތައްތައް ހިންގަވާފައި ވެއެވެ.

ހިނެވިރަސްކިލެގެ މަގާމް ގައި ހުރި ދުވަސްވަރު ދިވެހިރާއްޖޭގެ ފަނޑިޔާރުކަން އަލްޤާޟީ ޢީސާ އަލްޔަމަނީގެ ބަދަލުގައި އިބްނު ބަޠޫޠާ އަށް ދެއްވި އެވެ.

ރަސްކަމަށް އިސްވެވަޑައިގަތުން[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު އަލްޖަމީލު ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 764 ވަނަ އަހަރު އެވެ. ރަސްކަންކުރެއްވީ އެއް އަހަރުވަރު އެވެ.ކުރިންވެސް ބަޔާންކުރެވުނު ހެން އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ރަނިކަން ކުރައްވާތާ 22 އަހަރު ވީތަނާ އޭނާގެ ފިރިކަލުން ސުލްޠާން މުޙައްމަދު އަލްޖަމީލު ނުވަތަ ރީތި މުޙައްމަދު އެކަމަނާ ރަސްކަމުގެ ތަޚުތުން ދުރުކުރައްވައި ރަސްކަމަށް އިސްވެ ވަޑައިގެންފި އެވެ. މިކަން ހިނގީ ހިޖުރައިން 764 ވަނަ އަހަރު އެވެ. ބައެއް ލިޔުންތަކުގައިވަނީ މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ ނުހައްގުން ކަމުގައެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު އަލްޖަމީލު އަވަހާރަވީ ގޮތާމެދު، ތާރީޚްގެ އަހުލުވެރީން ޚިލާފު ވެއެވެ. ތާރީޚް ލިޔުންތެރިޔާ ޙަސަން ތާޖުއްދީން ބުނުއްވަނީ ސުލްޠާން މުޙައްމަދު އަލްޖަމީލު ރަސްކަން ކުރައްވާތާ އަހަރު ދުވަސް ވީތަނާ، ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ އޭނާ ގަތުލުކުރައްވާފައި، ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ ވަޑައިގަތީ ކަމަށެވެ. އިބްނު ބަޠޫޠާ ބުނުއްވަނީ ސުލްޠާން މުޙައްމަދު އަލްޖަމީލު ގުދުރަތީ ގޮތުން އަވަހާރަވުމަށްފަހު، ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެ ވަޑައިގަތީ ކަމަށެވެ. މިދެބުނުމުގެ ތެރެއިން ބޮޑަށް ބުރެވެވެނީ އިބްނު ބަޠޫޠާގެ ބުނުމަށެވެ. އަވަހާރަވީ ހިޖުރައިން 765 ވަނަ އަހަރު އެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ 133 - އެޕްރީލް 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]


ކުރިން ހުންނެވީ:
ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ