ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) އަކީ މީލާދީން 1750 ން 1757 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުން މަޝްހޫރުވެފައިވަނީ ކޮރު ބަންޑާރައިން ގެ ނަމުންނެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ކޮރު ބަންޑާރައިންގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން 3 ވަނަ ސިރީ ނަވަރަންނަ ކީރިތި މަހާރަދުންނެވެ. ބައްޕާފުޅަކީ އައްސުލްޠާން މުޒައްފަރު މުޙައްމަދު ޢިމާދުއްދީން އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރީ ގޮތުން 1163 ވަނަ އަހަރު އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމުގެކުރިން ނަންފުޅަކީ ޢަލީ ފާށަނާ ކިލެގެފާނު އެވެ. މިރަދުންނަކީ ގެ ކޮއްކޯފުޅެވެ. ރާއްޖޭގެ ތާރީޚްގައި މިރަދުންގެ މަޝްހޫރު ނަންފުޅަކީ ކޮރު ބަންޑާރައިންނެވެ.

ހޮޅިން ދިވެހިރާއްޖެ ހިފުން[އުނިއިތުރު ގެންނަވާ]

ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) ޞުލްޙަވެރިކަމާއެކު ރަސްކަން ކުރައްވާތާ 3 އަހަރުވީތަނާ ކަންނަންނޫރު ޢަލީ ރާޖާ ފޮނުވި މަލާބާރީންގެ ބަޔަކު އައިސް މާލެ ހިފައި ގަނޑުވަރު އަންދާލި އެވެ. މިކަން ހިނގީ ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރު މަހުގެ ތެރޭގައެވެ. ހޮޅިންގެ މީހުން އެބުރި ރަށަށްދިޔައީ ރަދުންނާއި، އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދާއި، އަދިވެސް ދިވެހިންގެ އެތައް މާތްބައެއް ގޮވައިގެންނެވެ. އެއަށްފަހު ގާތްގަނޑަކަށް 4 މަސްވަންދެން ރާއްޖޭގައި ހިގީ ހޮޅިންގެ ވެރިކަމެވެ.

މިދެންނެވި ފަހަރު މާލެ ހިފުމަށްޓަކައި ހޮޅިން އައި ސަބަބު ކަމުގައި ހިމެނުނީ ދިވެހިންގެ ޚިޔާނާތްތެރި ބައެކެވެ. މިމީހުންގެ ވެރީން ކަމުގައި ތިއްބެވީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ އަލްޤާޟީ މުޙައްމަދު ޝަމުސުއްދީން އަދި އަލްޚަޠީބު އަޙުމަދު މުޙްޔިއްދީން އާއި ދެބެންނެވެ. އާޚިރުގައި އެދެބެންވަނީ މަލާބާރީންގެ އަތުން ކަނޑުފައްތައިފައެވެ.

ހޮޅިން ރާއްޖޭގެ ވެރިކަން ކުރާތާ 4 މަސް ދުވަސް ވީފަހުން، ދިވެހިރާއްޖެ ހޮޅިންގެ އަތްދަށުން ސަލާމަތްކުރެއްވީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނުންގެ މާތްދަރިކަލުން ޙަސަން މަނިކުފާނު އެވެ. ދިވެހިރާއްޖޭގެ ތާރީޚްގައި ފަޚްރުވެރިކަމާއި މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ނެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ކޮރު ބަންޑާރައިން އަވަހާރަވީ 7 ޝައްވާލް 1170 ގައި މަލިކު ގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ - ޖުލައި 1989
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙަސަން ޢިއްޒުއްދީން