ސުލްޠާން ހުދެއި ކަލަމިންޖާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން ހުދެއި ކަލަމިންޖާ އަކީ މީލާދީން 1258 ން 1264 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 655ން 662 އަށެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 655 ވަނަ އަހަރު އެވެ. ސުލްޠާން ހުދެއި ކަލަމިންޖާ ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ވައްލާ ދިއޯ ކަލަމިންޖާ އަވަހާރަވުމުންނެވެ. މިރަދުންގެ ބައްޕާފުޅުގެ ނަންފުޅެއް ތާރީޚަކުން އެނގޭކަށް ނެތެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ، ސިރީ ވީރު އަބާރަނަ މަހާރަދުންނެވެ. މިރަދުންގެ މައިކަނބަލަކީ ހިރިޔާ މާވާކިލެގެއެވެ. މިކަމަނާ އަކީ ފަތަހިރިޔާ މާވާކިލެގެގެ ބެއިފުޅެކެވެ. މި ރަދުން 7 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 662 ވަނަ އަހަރު އެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން ވައްލާ ދިއޯ ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ތޭރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން އައިމަ ކަލަމިންޖާ