ސުލައިމާނު މުޙައްމަދު (ސާންޑް)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލޭމާނު މުޙައްމަދު (ދަނބުފަށުވިގެ ، ފ.ދަރަނބޫދޫ) އަކީ ސުލައިމާން ސާންޑް ގެ ނަމުގައި މަޝްހޫރުވެގެންދިޔަ ހުނަރުވެރިއެކެވެ. އޭނާއަކީ ތަފާތު ވައްތަރުގެ ގިނަ ދުއްވާތަކެތި ދުއްވަން ދަންނަ، ދުއްވުމުގެ ލައިސަންސް އޮތް ފަރާތެކެވެ. ޕަޑީ ގެ ޑައިވިންގ ސެޓްފިކެޓް ހޯއްދަވާފައިވާ ޑައިވިންގ އިންސްޓަރެކްޓަރ އެކެވެ. ސުލޭމާނު އާއި އެއްބަނޑު އެއްބަފާ 11 ކުދިން ތިބެއެވެ. އެއީ 7 ފިރިހެން ކުދިންނާއި 4 އަންހެން ކުދިންނެވެ.

ދަތުރުފަތުރުގެ ދާއިރާގައި[އުނިއިތުރު ގެންނަވާ]

ސުލައިމާނު މުހައްމަދު ދިރިއުޅުމަށްޓަކައި މާލެ ބަދަލުވީ އުމުރުން 17 އަހަރުގައެވެ. އެއީ ރަށުގެ އޮފީހުގެ ކާތިބެއްގެ މަގާމް ގައި އުޅެފައެވެ. އެންމެ ފުރަތަމަ އުޅުނީ ޔުނިވަސަލްގެ ދޯނިފަހަރުގެ ފަޅުވެރި އަކަށެވެ. އެއީ 1988 ހިސާބުގައެވެ. އޭގެ ފަހުން ސްޕީޑް ލޯންޗް ގެ ކެޕްޓަންކަން، ޓަގްބޯޓްގެ ކެޕްޓަންކަން ކޮށްފައި ވެއެވެ. އެހެންކަމުން ސުލައިމާނު މުހައްމަދު އަކީ ފާހަގަކޮށްލެވޭ މާލިމީ އެކެވެ. މީގެ އިތުރުން 800-1000 ޓަގުގެ ބޯޓްފަހަރުގެ ކެޕްޓަންކަންވެސް ކޮށްފައި ވެއެވެ.

ކަސްރަތު އަދި ސާންޑްގެ ގޮތުގައި[އުނިއިތުރު ގެންނަވާ]

ސުލައިމާނު މުހައްމަދު ސާންޑްގެ ގޮތުގައި މަޝްހޫރު ވެގެންދިޔައީ 1998 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް އިން ފޮނުވި ހާރުދަން ޕްރޮގްރާމްގެ ސާންޑް ގެ ބައިގައި އަތާއަތާ ލައިގެން ޑެންމާރކް މީހަކު ބަލިކޮށް ޗެމްޕިއަންކަން ހޯދުމުންނެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އޭނާގެ ބާރު ފެނިގެން ގޮސްފައި ވެއެވެ. ބޮޑީ ބިލްޑިންގ ފެޑެރޭޝަނުން މާލޭގެ ދެކުނު ހާބަރު ސްޓޭޖްގައި ޑެޑްލިފްޓް ޗެމްޕިއަންޝިޕް ހެވީ ވެއިޓް ކެޓަގަރީން އޭނާ 1 ވަނަ ހޯދިއެވެ. ގައުމީ އެތްލެޓިކްސް މުބާރާތުގައި ބައިވެރިވެ، ޕަޓްޝޮޓުން 2 ވަނަ، އަދި ޑިސްކަސް އުކުމުން 3 ވަނަ ހޯދާފައި ވެއެވެ. 1998 ވަނަ އަހަރު ސާންޑް މުބާރާތުގައި ޗެމްޕިއަންކަން ހޯދުމަށްފަހު، އޭގެ ފަހުން 4 އަހަރު ވަންދެން ރަނައަޕްކަން ހޯދާފައި ވެއެވެ. 2004 ވަނަ އަހަރު އޭގެ ކުރީ އަހަރުތަކުގެ ޗެމްޕިއަން ދާންދޫ ނަޞީރު ބަލިކޮށް ދެވަނަ ފަހަރަށް ވެސް ސާންޑްގެ މަގާމް ސުލައިމާނު ހޯދާފައި ވެއެވެ.

ސުލައިމާނު މުޙައްމަދު އެއްވެސް ސުކޫލަކުން ތައުލީމް ހޯދިކަން އެނގޭކަން ނެތެވެ. އެހެން ނަމަވެސް ހިންދީ އަދި އިގިރޭސި ބަހުން ލިޔަން ކިޔަން ސުލައިމާނު ދަނެއެވެ. ސުލައިމާން އަކީ ޕަޑީގެ ސެޓްފިކެޓް ހާޞިލްކޮށްފައިވާ ޑައިވިން މާސްޓަރ ޓްރޭނީ އެކެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ސުލައިމާނު ވަނީ ކޮމާޝަލް ޑައިވިންގ، އަދި ސާރޗް ޑައިވިންގ ހިމެނޭގޮތަށް ޖުމްލަ 516 ފަހަރު ޑައިވިންގ އަށް ގޮސްފައެވެ.