ސާޖަންޓް (ރިޓަޔަރޑް) ޙަސަން އިބްރާހީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވަނަވަރު[އުނިއިތުރު ގެންނަވާ]

ސާރޖަންޓް (ރިޓަޔަރޑް) ޙަސަން އިބްރާހީމަކީ، 1982ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

އަދާކުރެއްވި މަޤާމުތައް[އުނިއިތުރު ގެންނަވާ]

ސާރޖަންޓް (ރިޓަޔަރޑް) ޙަސަން އިބްރާހީމް، އެން.އެސް.އެސް.ގެ ޕްރައިވެޓް ރޭންކުގައްޔާއި، ލާންސް ކޯޕްރަލް ރޭންކުގައްޔާއި، ކޯޕްރަލް ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޚިދުމަތުގައި ހޯއްދަވައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވި އެން.ސީ.އޯ.އިންގެ ތެރޭގައި ހިމެނިވަޑައިގެން، އެކިފަހަރުމަތިން ސޯލްޖަރ އޮފް ދަ މަންތުގެ ބެޖް ހާސިލު ކުރައްވައިފައި ވެއެވެ.

ޝަރަފުގެ ނިޝާން[އުނިއިތުރު ގެންނަވާ]

ސާރޖަންޓް (ރިޓަޔަރޑް) ޙަސަން އިބްރާހީމް، ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 މެޑެއްޔާއި، 7 ކުލަ ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް އަދި މިނިވަން 50ގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންނެވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ.

މިއީ 2021 ނޮވެންބަރު 11 ވަނަ ދުވަހު ދިވެހި ދައުލަތުން ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވާފައިވާ ބޭފުޅެކެވެ.