ސާޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްސައްތާރު ޙުސައިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވަނަވަރު[އުނިއިތުރު ގެންނަވާ]

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްސައްތާރު ޙުސައިނަކީ، 1981 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 4 ޖުލައި 2021 ގައި ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ސިފައިންގެ އިސް ޚިދުމަތްތެރިއެކެވެ.

ޚާއްޞަ މަސައްކަތްތައް[އުނިއިތުރު ގެންނަވާ]

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްސައްތާރު ޙުސައިން، އެމް.އެން.ޑީ.އެފް. އިން ހިންގެވި ގިނަ ކަންކަމުގައި ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތައް ފާހަގަކޮށްލަންޖެހެއެވެ. އަދި 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ދިވެހި ސިފައިން ކުރި އެންމެހައި މަސައްކަތްތަކުގައްޔާއި، 2011 ވަނަ އަހަރު އައްޑޫސިޓީގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައި ކުރެވުނު ބުރަ މަސައްކަތްތަކުގައިވެސް، ޢަބްދުއްސައްތާރު ޙުސައިން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓް ރޭންކުން ފެށްޓެވި ޚިދުމަތް، ލާންސް ކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކުގައިވެސް ޢަބްދުއްސައްތާރު ޙުސައިން ޚިދުމަތް ކުރައްވައިފައިވެއެވެ.

ޝަރަފުގެ ނިޝާން[އުނިއިތުރު ގެންނަވާ]

ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޢަބްދުއްސައްތާރު ޙުސައިނަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 މެޑެއްޔާއި، 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް، މިނިވަން 50 ގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންނެވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ، ތިންފަހަރަށް ލިބިވަޑައިގެންފައި ވެއެވެ.