ސާގު
Appearance
![](http://upload.wikimedia.org/wikipedia/dv/thumb/1/1b/Saagub.jpg/200px-Saagub.jpg)
ސާގު(އިނގިރޭސި ބަހުން: Sago) އަކީ ހުދު ކުލައިގައި ފުއްފުކަށް ވަށްކޮށް ހުންނަ އެއްޗެކެވެ. މިކެއްކީމާ ފުއްތައް ހުންނާނީ މަސްލައިފައި ހުންނަ ގޮތަށެވެ. މީގައި ވަރަށް ގަދަ ތާނެއް ހުންނާނެއެވެ. މީގައި ބޮނޑިބަތާއި ފަނިފަދަ އެއްޗެހި ކައްކައެވެ.ސާގު އުފައްދަނީ ސާގު ރުއް (ސައިންޓިފިކް ނަން: Metroxylon sagu) ނުވަތަ (އިނގިރޭސި ބަހުން: Sago Palm) ގެ ލަކުޑި ގަނޑުގެ އެތެރޭގައި އިންނަ މަދުންނެވެ. ސާގު އިން ސާގު ފުށް ތައްޔާރު ކުރުމުގެ އިތުރުން ޕުޑިން އަދި ބޯކިބާ ފަދަ ތަކެތި ވެސް ތައްޔާރު ކޮށް އުޅެއެވެ. ސާގުގައި ކާބޯ ހައިޑްރޭޓް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ.
![](http://upload.wikimedia.org/wikipedia/commons/thumb/b/bb/Sago_%28Metroxylon_sagu%29_in_New_Guinea.jpg/200px-Sago_%28Metroxylon_sagu%29_in_New_Guinea.jpg)