ސައްޔިދު ކިލެގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަކީ ޢަރަބި ކަރައިގެ ބަޢުލަވީ ދަރިކޮޅުން ވަޑައިގެންނެވި އައްސައްޔިދު މުޙައްމަދު ކުޑަ ސީދީގެ އައްސައްޔިދު އިބްރާހީމް ދޮށީކަލޭފާނުގެ ދަރިކަލެކެވެ. މަންމައަކީ މާގަނޑުވަރު ޙުސައިން ދީދީގެ ސަންފާ ދީދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1263 ވަނަ އަހަރު ގައެވެ. ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަކީ ޙަޟަރަމަތުގެ ބަޢުލަވީ ދަރިކޮޅުގެ ސައްޔިދު ބޭކަލެކެވެ. ނަކަތްތެރިކަން، ފަންޑިތަވެރިކަން، ބޭސްވެރިކަން އަދި ދީނީ ޢިލްމް ރަގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ޢަރަބި ބަސް ރަގަޅަށް ދެނެވަޑައިގަނެއެވެ. ދިވެހި ބަހުގެ އަދީބެކެވެ. ނުފޫޒު ގަދަ މީހުންނާއި ގުޅޭ ޝަޚްޞިއްޔަތެކެވެ. ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭގައި މާލޭ ހެންވޭރުގެ ޚަޠީބުކަން، އަދި ފާމުލަދޭރި ކިލެގެކަން ހިމެނެއެވެ.

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • ދޮށީ ސީދީ
  • ދޮން ސީދީ
  • ދޮން ސިއްތި
  • ތުއްތު ސިއްތި
  • ކުޑަ ސީދީ
  • ކުޑަ ސިއްތި

ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަވަހާރަވީ 20 މެއި 1929މ ގައެވެ. އެއީ ހިޖުރައިން 10 ޛުލްޙައްޖާ 1347ހ ގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006