ސައިންސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެންމެ ފުޅާ މާނައިގައި ސައިންސް (ލެޓިނުން ސައިންޓިއާ، މާނައީ "އިލްމު") އަކީ ހަމަތަކެއްގެ މައްޗަށް ބިނާވެފައިވާ އިލްމު ނުވަތަ ކަންތައްތަކެވެ. އާންމު މާނައިގައި ސައިންސްއަކީ ސައިންޓިފިކް މެތަޑްގެ މައްޗަށް ބިނާކޮށް އިލްމު އެއްކުރުމުގެ ހަމަތަކެވެ އަދި އެފަދަ ހޯދުމުން އެއްކުރެވޭ އިލްމެވެ.

ސައިންސްގެ ދާއިރާތައްވަނީ މުހިންމު ދެބަޔަކަށް ބެހިފައެވެ:

  • ނެޗުރަލް ސައިންސް
  • ސޯޝަލް ސައިންސް

މިއީ އެންޕިރިކަލް ސައިންސްތަކެވެ. އޭގައި ހިމެނޭ އިލްމަކީ ފެންނަ ކަންތައްތަކުގެ މައްޗަށް ބިނާކޮށްފައިވާ ކަންތައްތަކަށް ވާންޖެހެއެވެ އަދި އޭގެ ތެދުދޮގު ބެލުމަށް އެކްސްޕަރިމެންޓް ކުރެވޭ އެއްޗަކަށް ވާންޖެހެއެވެ.

ހިސާބަކީ ފޯމަލް ސައިންސްއޭ ކިޔޭ ތިންވަނަ ދާއިރާއެއްގެ ތެރެއަށް ބެހިފައިވާ އެއްޗެކެވެ.