ގޯނބިލި
Jump to navigation
Jump to search
ގޯނބިލި(ސައިންޓިފިކް ނަން: Phyllanthus acidus)ނުވަތަ (އިނގިރޭސި ބަހުން: star gooseberry)އަކީ ބިލަމަގު ގަހާ ވައްތަރު، އެއަށްވުރެ މައްޗަށް ހެދޭ ގަހެއްގައި އަޅާ، ވަށްކޮށް، ފަތިކޮށް ފިތްފިތް ހުންނަ މޭވާއެކެވެ. މީގައި ދޭނީ ހުތް ރަހައެކެވެ. ގޯނބިލި ގަސް އާންމުކޮށް ހެދެނީ 9-2 މީޓަރާއި ދެމެދުގެ އުސްމިނަށެވެ. ގޯނބިލި ގިނައިން އަޅަނީ ކޯނި ކޯންޏަށް ވާގޮތަށެވެ. އަދި ގިނަފަހަރު ގޯނބިލި ނިކުމެފައި ހުންނަނީ ގަސް ގަނޑުންނެވެ.
ދިވެހިރާއްޖޭގައި ގޯނބިލި ހުހައި ވެސް ކައި އުޅެއެވެ. އަދި ހުތުގެ ގޮތުގައި ވެސް ގޯނބިލި ބައެއް ފަހަރު ސަލަޑް ހަދާއިރު ބޭނުން ކުރެއެވެ.